ރާއްޖެ އިސްތިހާރު ކުރަން ބޮލީވުޑްގެ ތަރިންނާއެކު ހާއްސަ އިވެންޓެއް

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން މުމްބާއީގައި 100 އަށްވުރެ ގިނަ ފަންނާނުންނާއި އިންފުލޫއެންސަރުންނަށް "މޯލްޑިވިއަން ނައިޓް" ގެ ނަމުގައި އިވެންޓެއް ބާއްވައިފި އެވެ.އެމްއެމްޕީއާރުސީ އިން މުންބާއީގެ ފޯސީޒަން ހޮޓެލްގައި ޓޮޕް ސެލެބްރިޓީސް އަދި އިންފުލޫއެންސަރުންނާއެކު ބޭއްވި "މޯލްޑިވިއަން ނައިޓް" ގައި 100 އަށް ވުރެ ގިނަ މަޝްހޫރު ސެލެބްރިޓީން އަދި އިންފްލުއެންސަރުން ބައިވެރިވި އެވެ.މި ހަރަކާތަކީ އިންޑިއާގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް އެގްޒިބިޝަން އޯޓީއެމް މުމްބާއީއާ އެކު ސްޓްރެޓެޖިކް ގޮތެއްގައި އިންތިޒާމްކޮށްފައިވާ ހަރަކާތެކެވެ. އަދި މިއީ އިންޑިއާގެ މާކެޓާ ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖެ އިން ކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ.އިންޑިއާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު މާކެޓެކެވެ. ވިޒިޓް މޯލްޑިވްސްއިން ވަނީ 2025 ވަނަ އަހަރު 300،000 އަށްވުރެ ގިނަ އިންޑިއާ ފަތުރުވެރިން ރާއްޖެ އަށް ގެނައުމަށް އަމާޒު ހިފާފައެވެ. މި ލަނޑުދަނޑި ޙާޞިލުކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ވަނީ ގިނަ އަދަދެއްގެ ސްޓްރެޓީޖިކް މާކެޓިންގ މަސައްކަތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުރިއަށް ހިނގަމުންދާ ސަމާ ކެމްޕެއިނާއި، އިންޑިއާގެ ބޮޑެތި އެއަރލައިންތަކާއެކު ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ އިތުރުން ނަން މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއެކު ޕާޓްނާޝިޕްތައް ގާއިމުކުރުން ހިމެނެ އެވެ.'މޯލްޑިވިއަން ނައިޓް' ގައި އެތައް މަޝްހޫރު ސެލެބްރިޓީންނާއި އިންފްލުއެންސަރުން ގެ ބައިވެރިވުން ފެނިގެންދިޔައެވެ. މީގެ ތެރޭގައި ފަރާހް ޚާން، މޯނީ ރޯއީ، ފަރްދީން ޚާން، ވިހާން ސަމަތް، އަންގަދް ބެދީ، މަންދާނާ ކަރީމީ، ޝްރެޔާ ޕިލްގާއޮންކަރް، ޝަޝާންކް ސަންގާވީ، ރިޗީ ޝާހް، ރުޗީ ސޯނީ، ޝިފާ މާޗަންޓް، ރާހުލް ޖަގްތިއާނީ، ތޯމަސް ޕަސްކަލް، މޮނިޝާ، ބްރިންދާ ޝާހް، ސްޓެފަނީ ޓިމިންސް، ޕަރޭޝް، ސަލްމާން މަރޗަންޓް، އަދި މިނޫންވެސް އެތައް ބައެއް ހިމެނުނެވެ.ސޯޝަލް މީޑިއާގައި މި ފަންނާނުންގެ ޖުމްލަ ފޮލޯވަރުންގެ އަދަދު 200 މިލިއަނަށްވުރެ އިތުރުކަން ފާހަގަކޮށް އެމްއެމްޕީއާރުސީ އިން ބުނީ މިއީ އިންޑިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ލިބިގެންދިޔަ ހަރަކާތެއް ކަމަށެވެ.މީގެ އިތުރުން މީގެ ތެރެއިން މި އިންފްލުއެންސަރުންގެ ތެރެއިން ގިނަ ބަޔަކު ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރާނެ ކަމަށްވެސް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ