މި މަހުގެ ހަތް ވަނަ ދުވަހު މާލޭގައި ކުރިއަށް ގެންދަން ރާވާފައި އޮތް ހިންދޫއިންގެ ފެސްޓިވަލެއް ފުލުހުން ހުއްޓުވައިފި އެވެ.
ވީ ކިހިނެއް؟- ފުލުހުން ބުނިގޮތުގައި:
ހުއްޓުވާފައިވަނީ 'ޕޮންގަލް 2025'ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތެއް
ޕޮންގަލްއަކީ ހިންދުއިންގެ ކަލާނގެއަކަށް ޝުކުރު އަދާކުރުމުގެ ގޮތުން ފާހަގަ ކުރާ ދުވަހެއް
ފުލުހުން ރޭ ބުނީ އެ ފެސްޓިވަލް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަމާ ގުޅޭ އިދާރާތަކުން އަންގާފައިވާ ކަމަށާއި އެކަން، އެ ހަރަކާތް އިންތިޒާމް ކުރާ ފަރާތަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ. އަދި ހުއްދަ ނުލިބުމުން ފެސްޓިވަލް މިހާރު ކެންސަލްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މި ފަދަ ހަރަކާތްތައް ހިންގާ ނަމަ ފުލުހުން ހުއްޓުވާނެ،" ފުލުހުން ނެރުނު އެންގުމެއްގައި ބުނެފައި ވެ އެވެ.
އެނގުން މުހިއްމު- އިންޑިއަން ހައިކޮމިޝަނުން އިސް ނަގައިގެން، މި ދުވަސް ފާހަގަ ކުރުމަށް މިދިޔަ އަހަރު ވަނީ ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ރާއްޖޭގެ ރަށްރަށުގައި އުޅޭ ބިދޭސީން ވެސް މި ދުވަސް އެ މީހުން އަމިއްލައަށް ފާހަގަކޮށް، ސޯޝަލް މީޑިއާގައި ފޮޓޯ އާއްމު ކުރެ އެވެ.
ކުރިއަށް ގެންދަން އުޅުނު ހިންދޫ ފެސްޓިވަލެއް ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ