އދގައި އިންޑިއާގެ ބަހުގެ ޙަމަލާތަކެއް ޕާކިސްތާނަށް!

ކަޝްމީރުގެ ޕަހަލްގަމްގައި ދިން ޙަމަލާއަކީ މުމްބާއީ ހަމަލާއަށްފަހު އިންޑިއާގައި ދިން އެންމެ ނުރައްކާތެރި ހަމަލާކަމަށް އިންޑިއާއިން ބުނެފިއެވެ.
ޙަމަލާގެ ފަހަތުގައި ޕާކިސްތާނުގެ ސަރުކާރުގެ އަތެއްވާކަމަށް އިންޑިއާއިން ތަކުރާރުކޮށް ބުނަމުންދާ މިދަނޑިވަޅުގައި، އދގައި އޮތް ޓެރަރިސްޓް ޙަމަލާތަކުގެ ޝިކާރަޔަކަށްވާ މީހުންގެ ނެޓްވޯކް ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ބަހުގެ ޙަމަލާތަކެއް ފޮނުވާލާފައެވެ. އިންޑިއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުގެ ނައިބު ޔޮޖްނާ ޕަޓޭލް ވިދާޅުވީ ޓެރަރިސްޓުން ތަމްރީނުކޮށް އެމީހުންނަށް ވާގިވެރިވާކަމަށް ޕާކިސްތާނުން އެއްބަސްވާކަމަށެވެ. އަދި އިންޑިއާއާ ދެކޮޅަށް ނަފްރަތު އުފައްދައި، ޕާކިސްތާނުގެ ޕްރޮޕަގަންޑާ ފަތުރަން ބައިނަލްއަޤްވާމީ ޕްލެޓްފޯމްތައް ބޭނުން ނުކުރުމަށްވެސް ޕާކިސްތާނަށް އޭނާ ގޮވާލެއްވިއެވެ. އިންޑިއާއިން ކުރިންވެސް ތުހުމަތުކުރާ ގޮތުގައި ކަޝްމީރުގައި ޓެރަރިޒަމަށް ހިތްވަރުދީ އެހީތެރިވަނީ ޕާކިސްތާނުންނެވެ.
ޙަމަލާއާއި ގުޅިގެން ކަޝްމީރު ވާދީގެ 50 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން ސަލާމަތީ ސަބަބުތަކަށްޓަކައި އިންޑިއާއިން ވަނީ ބަންދުކޮށްފައެވެ.
Advertisement
ޕަހަލްގަމްގައި ދިން ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ޙަމަލާގައި 26 މީހުން މަރާލިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ