'އަބަދަށް': އަހަރުގެ ބޮޑު ފިލްމު ކުލަގަދަކޮށް ޕްރިމިއާކޮށްފި

އަހަރުގެ އެންމެ ބޮޑު ފިލްމުގެ ގޮތުގައި ޕްރޮމޯޓު ކުރަމުން އަންނަ 'އަބަދަށް'ގެ ޕްރިމިއާ ނައިޓު ކުލަގަދަކޮށް ބާއްވައިފި އެެވެ.
މިއީ ތަޖުރިބާކާރު ޑައިރެކްޓަރު މޫމިން ފުއާދު ލިޔެ ޑައިރެކްޓުކޮށް، ހުސައިން ނޫރައްދީން ނާސިރު (ނޫރު)ގެ ނޫރު އެން މޫވީޒް ކުންފުނިން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. އަދި މިއީ މި އަހަރު އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމު ވެސް މެ އެވެ.
އަހުމަދު ޝާރިފް
ވާޝިޔާ މުހައްމަދު
ޔޫސުފް ޝަފީއު (ޔޫއްޕެ)
އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)
ސޫޒަން އިބްރާހިމްފުޅު
ތަފްސީލު - 'އަބަދަށް' ޕްރިމިއާކުރީ އެ ފިލްމުގެ ކާސްޓް އާއި ކްރޫ އަދި ފިލްމީ ދާއިރާގެ ފަންނާނުން ބައިވެރިވި ރެޑް ކާޕެޓު އިވެންޓަކާ އެކީގަ އެވެ. ފިލްމީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުލް މުހައިމިން ޝަރަފުވެރިކޮށްދެއްވި އެ އިވެންޓަށް ފަހު އޮލިމްޕަހުގެ ސްޓޭޖުގައި ފިލްމުގެ ތީމް ލަވައިގެ ބޮޑުބެރު ވާޝަންއެއް ވަނީ ހުށަހަޅައިދީފަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ނޫރު މީގެ ކުރިން ބުނީ 'އަބަދަށް' ވެގެން ދާނީ އަނެއްކާވެސް ގައުމު ހޭލައްވާލާ ވަރުގެ ޕްލޮޓަކަށް ކަމަށެވެ.
"މި ޕްލޮޓަށް ބަލާއިރު މިއީ ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައި ހުރި ކަމެއްގެ މައްޗަށް ހެދޭ ފިލްމެއް. މި ފިލްމަކީ އާންމުންގެ ގިނަ ބަޔަކަށް ދިމާވެފައި ނޫނިއްޔާ އާންމުންގެ ގިނަ ބަޔަކަށް ބޭނުންވެފައި ހުރި ކަންތައްތަކެއް ނޫނިއްޔާ ބަލައިލަން ބޭނުންވެފައި ހުރި ކަންތަކެއް އެކުލެވިގެންވާ ފިލްމެއް،" ފިލްމު ތަފާތު ވާނެ ކަމުގެ ޔަގީންކަން ދެމުން ނޫރު ބުންޏެވެ.
ޑައިރެކްޓަރު މޫމިން ބުނީ މި ފިލްމުން އެކި ކަހަލަ އިޖުތިމާއީ މައްސަލަތައް ދައްކުވައިދޭނެ ކަމަށެވެ.
"އޭގެ ތެރޭގައި އެބަ އުޅޭ ބޯހިޔާވަހިކަމުގެ މައްސަލަ ވެސް. އޭގެ ތެރޭގައި އުޅޭ އާއިލާ ތެރޭގައި އޮތް ހަމަނުޖެހުން އަދި އޮތް ދުރުކަން ވެސް، އަމިއްލަ އެދުމާއި ދަހިވެތިކަން ވެސް،" މޫމިން ކިޔައިދިނެވެ.
'އަބަދަށް' ފިލްމުގެ ފުރަތަމަ ޝޯ ބެލި މީހުން ވަނީ ފިލްމަށް ތައުރީފުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ