ތަހުގީގުގެ ބޭނުމަކަށް ދޫނިދޫއިން މާލެއަށް މިއަދު ރައުދު ގެނެސްފި ތަހުގީގުގެ ބޭނުމަކަށް ދޫނިދޫއިން މާލެއަށް މިއަދު ރައުދު ގެނެސްފި

އޭޕްރީލް 18، ވަނަ ދުވަހު މާލޭގެ އުސް އިމާރާތެއްގެ މަތިން ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު, 21، ވެއްޓުނު މައްސަލައިގައި ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލް، 21، މިއަދު މާލެ ގެނައުމަށްފަހު އަނބުރާ ދޫނިދޫއަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ ރައުދު މާލެ ގެނައީ ތަހުގީގުގެ ބޭނުމަށް ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރު އެއްވެސް ތަފްސީލެއް ދޭން ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.
ޔުމްނު ވެއްޓުނު ހާދިސާއަށް ހަ ދުވަސްވީ ފަހުން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ރައުދު ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ވަނީ ޖަހައިފަ އެވެ. އެ މުއްދަތު ހަމަވެ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން މާދަމާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރާނެ ކަމަށް ފުލުހުން މި ނޫހަށް މައުލޫމާތު ދީފައިވެ އެވެ.
އޭނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ބުނީ ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން ބުނީ، ޔުމްނު ވެއްޓުނުކަން ރައުދަށް އެނގޭ ކަމަށާއި އެ ރޭ އޭނާއާ ޔުމްނުއާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށެވެ.
ހ. ފެންޓެނޯއީ ގެއިން ޔުމްނު ވެއްޓި، ޖެހިގެން ހުރި ގުދަނުގެ ފުރާޅުމަތީގައި އޮއްވައި ފެނުނީ އޭޕްރިލް 18، ވަނަ ދުވަހުގެ ހެނދުނު އެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބުމުން، އިތުރު ފަރުވާއަށް މެލޭޝިއާއަށް ވަނީ ގެންގޮސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ