މާދަމާ މާލެއިން 2 ގަޑިއިރަށް ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭ ސިޓީގެ ސަރަހައްދަކުން މާދަމާގެ މެންދުރުފަހުގެ ވަގުތެއްގައި ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ސޯޝަލްމީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީގެ، ހިލާލީ މަގު، އަމީނީ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަޙައްދުން ޑިސެމްބަރ 18 ވަނަ ދުވަހުގެ މެންދުރުފަހު 2 ގަޑިއިރަށް ކަރަންޓު ކެނޑިދާނެކަމަށެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހިލާލީ މަގު، އަމީނީ މަގު އަދި ބުރުޒު މަގު ހިމެނޭ ސަރަޙައްދުން މާދަމާ (18 ޑިސެންބަރު 2024) މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ… pic.twitter.com/sBWYjwbpwo
މިގޮތުން އެ ސަރަހައްދުން ކަރަންޓު ކެނޑޭނީ މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ދަނީ މާލޭ ސަރަހައްދުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރަމުންދާއިރު މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑޭނަމަ ސްޓެލްކޯއިން ކުރީ ބައިގައި އެކަން އިޢުލާން ކުރެއެވެ. އަދި ކަރަންޓު ކެނޑޭ ސަރަހައްދުގައި ހުންނަ ގޭބިސީތަކަށް އެ މަޢުލޫމާތު އެސްއެމްއެސް އެއްގެ ޒަރިއްޔާއިން ފޮނުވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ