ފެނާއި ކަރަންޓު ބިލުން އަންނަ ރަމަޟާން މަހުވެސް ޑިސްކައުންޓު ލިބޭނެ: ރައީސް

އަންނަ ރަމަޟާން މަހުވެސް ފެނާއި ކަރަންޓު ބިލުން ޑިސްކައުންޓު ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  
މިހާރު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަތިވެރި ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވި ގޮތުގައި މިދިޔަ ރަމަޟާން މަހު 142 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ފެނާއި ކަރަންޓު ބިލުތަކަށް ދެވުނެވެ. އަދި މިއަހަރުވެސް އެފަދަ ލުޔެއް ރައްޔިތުންނަށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.މީގެ އިތުރުން، ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މިއީ ރައްޔިތުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށާއި ޚަރަދުތައް ލުއިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ބައެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.ރައީސް އިތުރަށް ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 82,000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދެވުނެވެ. މިއީ ރަމަޟާން މަހާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ދެއްވި އެހީތެރިކަމުގެ ތެރެއިން ބައެކެވެ.މިވަގުތު ދުނިޔޭގެ އިޤްތިޞާދީ ހާލަތު ދަށްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ލުޔެއް ރައްޔިތުންނަށް ލިބުމަކީ ގިނަ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ