މަގުބޫލު ލިޔުންތައް ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަނީ! ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި “ސިއްޙަތާއި ދުނިޔެ” ގެ ނަމުގައި ޑރ މުފްލިޙާ ލިޔުއްވި ފޮތް ލޯންޗްކޮށްފި ފެނަކައިގެ ޑީއެމްޑީ އިސްތިއުފާ ދެއްވައި

ފުނޑަންގެން ގުޅޭ މިކްސްޗަރަކީ ކޮންމެ ގޭބީސީ އެއްގައިވެސް ބޭނުން ކުރަމުން އަންނަ އެއްޗެކެވެ. މިކްސްޗަރުން ހަވާދުގެ ބާވަތާއި، އަދި އެހެނިހެން ތަކެތި ފުނޑަން ގެންގުޅޭއިރު ދިމާވާ އެންމެ އުނދަގޫ ކަންތައް ތަކަކީ އެ ފުނޑަން ގެންގުޅޭތަކެތި މިކްސްޗަރުގެ ޖަގުގައި ހުންނަ ތިލައިގައި ހިފާ ހަރުލުމުން ސާފުކުރުމެވެ. ބައެއް މިކްސްޗަރުގައި ތިލަ ނައްޓާ ލައިގެން ސާފުކުރެވޭ ގޮތަށް ހުންނަ އިރު އަނެއްބައި މިކްސްޗަރުގައި ހުންނަ ތިލަ ނައްޓަން އުނދަގޫ ވުމުގެ ސަބަބުން ތިލައިގެ ދަށުގައި ހަރުލާފައި ހުންނަ ތަކެތި ފިލުވަން ވަރަށް އުނދަގޫވެއެވެ.
ދެން ދިމާވާ އެންމެ އުނދަގޫ ކަންތައް ތަކަކީ ބައެއްކަހަލަ ތަކެތި ފުނޑާ އިރުގައި ތިލަ ހަލާކުވުމުގެ މައްސަލަ އެވެ. މީގެ އިތުރުން ބައެއް ކަހަލަ ތަކެތި އަޅައިގެން މިކްސްޗަރު ޖައްސާލުމުން ބުރައިގެން ގޮސް ހިތާމަވެރި ހާދިސާތައް ވެސް ހިނގައެވެ. ގިނަ މިކްސްޗަރު ތަކުން ތަފާތު ގިނަ ތަކެތި ފުނޑާ ލެވޭ އިރު އެ އެއްޗިހި މިކްސްޗަރަށް އަޅާއިރު ތިލަ ހަލާކު ނުވާވަރަށް އެޅުމުން ގިނަދުވަހަށް ބޭނުން ކުރެވެއެވެ. އެހެން ނަމަވެސް އަހަރެމެން ބައެއްފަހަރު ލަސްވެގެން އަވަހަށް އެއްޗިހި ފުނޑާލުމުގެ ބޭނުމުގައި ގިނަފަހަރަށް ހަނދާން ނެތިގެން ނަމަވެސް އެކަށީގެން ވާވަރަށް ވުރެން ގިނައިން އެއްޗިހި އަޅައިގެން ފުނޑާލެވޭ ފަހަރުވެސް އާދެއެވެ. ތިރީގައި މިވާ ތަކެތި މިކްސްޗަރަށް އެޅުމަށް ސަމާލުވާށެވެ.
 
ހޫނު ދިޔާތަކެތި:
މިކްސްޗަރަކީ އެއްޗިހި ފުނޑަން ނޫނީ ގިރަން ބޭނުން ކުރާ އެއްޗަކަށް ވާއިރު އޭގެތެރެއަށް ހޫނު ގަދަކޮށް ހުންނަ ދިޔާތަކެތި އެޅުމުން އަންނަ ސްޓީމް ޕްރެޝަރ ގެ ސަބަބުން ކުއްލިޔަކަށް ޖަގުގެ މަތި ވިއްސައިގެން ގޮސް ގިރަމުން އައި ދިޔާތަކެތި ވެސް ބުރައިގެން ގޮސް ގައިގަ ޖެހުމުން ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރި ވެއެވެ. މި ކަންތައް ހައްލު ކުރުމަށް ހޫނު އެއްޗިހި ހިހޫ ކޮށްފައި މިކްސްޗަރަށް އަޅައިގެން ގިރާށެވެ.
އައިސް ކިއުބްސް:
މިކްސްޗަރުގެ ތިލަޔަށް އެކަށީގެން ނުވާވަރަށް އައިސް ކިއުބް އަޅައި ފުނޑަން ޖައްސާ ލުމުން ތިލަ ހަލާކުވެއެވެ. ހެވީޑިއުޓީ ބްލެންޑަރުން އައިސް ކިއުބް ފުނޑަން ފަސޭހަ ވެދާނެއެވެ. ނަމަވެސް އާދައިގެ ބްލެންޑަރަކުން ވަރަށް ކުދި ކުދިކުދި އައިސް ކިޔުބް ފުނޑަން ފަސޭހަވި ނަމަވެސް ބޮޑެތި އައިސް ކިއުބް ތައް ފުނޑުމަކީ އުނދަގޫ ކަމެކެވެ.
ހަވާދުގެ ބާވަތްތައް:
ހަވާދުގެ ބާވަތްތައް ތައްޔާރު ކުރަން ގެންގުޅޭ ތަފާތު އެކި ބާވަތްތަކުގެ ތެރޭގައި ހަރުކޮށް ހުންނަ ތަކެތި މިސާލަކަށް ނަޓްމެގް، ފޮނިތޮށި އަދި ރީނދޫ ގަނޑު މި ފަދަ ތަކެތި ގްރިންޑަރަށް ހުރިގޮތަށް އަޅާފައި ފުނޑަން ޖައްސާ ލައިފިއްޔާ ތިލަ ހަލާކުވުމުގެ އިތުރުން މިކްސްޗަރުގެ މޯޓަރަށް ލޯޑު ބޮޑުވެ ހޫނުވުމުން މިކްސްޗަ ރުވެސް ހަލާކުވެއެވެ.
ފައިބަރ ހުންނަ ތަރުކާރީ އާއިމޭވާ:
ސެލެރީ، އަނބު، އިނގުރު ފަދަ ތަކެތި ބްލެންޑަރަށް އަޅާފައި ޖައްސާލުމުން ތިލައިގައި މި ތަކެތި ހަރުލައި ތިލަ ހަލާކުވެއެވެ. މި ތަކެތި ފުނޑުމުގެ ކުރިން ކުދި ކުދި ކޮށް ކޮށާފައި ގްރިންޑަރަށް އަޅައިގެން ފުނޑާލުމުން ފަސޭހަ ވާނެއެވެ.
ނަޓްސް:
ކެޝޫނަޓްސް އަދި އަލްމަންޑް ކަހަލަ ނަޓްސް ތަކަކީވެސް ފެނާ ނުލައި ފުނޑަން އުނދަގޫ ބާވަތް ތަކެކެވެ. ބައެއް ފަހަރު މަދު އެތިކޮޅެއް އަޅާލައިގެން ފުނޑާ ލެވުނަސް މި ތަކެތި ގިނައިން މުގުރަން ފަސޭހަވާނީ ފެން އެޅުމަށް ފަހު ފެނާއެކީ ފުނޑާލުމެވެ.
ތެޔޮ ހުންނަ ތަކެއްޗާއި ހަނޑުލުގެ ބާވަތްތައް:
ސެސަމީ ސީޑްސް، ކެޝޫނަޓްސް އަދި ހަނޑޫ ފަދަ ތަކެތި ފެނާނުލާ ގްރިންޑަރަށް އެޅުމުން މިތަކެތި ޖަގުގައި ތަތްލަވާ އަދި ގްރިންޑަރުގެ ތިލައިގައި ހަރުލައި ފުނޑަން އުނދަގޫވެއެވެ.
މިކްސްޗަރުގެ ގްރިންޑަރ އަކީ އޭގެ ޒާތުގައި ބާރުގަދަ އެއްޗަކަށް ވީނަމަވެސް ގްރިންޑަރު ރަނގަޅު ގޮތުގައި ބޭނުން ކުރުމުން ހަލާކު ވުމާއި ފުނޑަން ބޭނުންވާ ތަކެތި ރައްކާތެރި ކަމާއި އެކު އަދި ރަނގަޅަށް ފުނޑޭނެ ކަންޔަގީނެވެ. ހޫނު ގަދަނޫން، ތަތްނުލަވާ، އަދި ފައިބަރ ހުންނަ ތަކެތި ގްރިންޑަރުން ފުނޑާއިރު އެންމެ ރަނގަޅު ގޮތަކީ މަދު އެތި ކޮޅެއް އަޅައިގެން ކެއްތެރިކަމާ އެކު ފުނޑުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ