މާލީ ތަނަވަސްކަން ހުރި އިންވެސްޓަރުން ރިއަލް އެސްޓޭޓްގެ ދާއިރާއިން ނިންމުންތައް ނިންމުމުގައި، ހަމައެކަނި ތަނުގެ ބޮޑުމިނަކަށް ނުބަލަ އެވެ. އެ ބޭފުޅުން ބައްލަވަނީ އެ ތަނެއް ހުރި ސަރަހައްދަށާއި އެއީ ހޯދަން ދަތި މަދު ފުރުސަތެއްތޯ އަދި ކުރިމަގުގައި އެ ތަނެއްގެ އަގު އުފުލިގެންދާނެ މިންވަރަށެވެ.
ޓާޓާ ހައުސިން އިން މާލޭގައި ތަރައްގީކޮށްފައިވާ ލަގްޒެރާ ރެސިޑެންޝަލް ޓަވަރަކީ މި ބުނި ހުރިހާ ސިފަތަކެއް ފުރިހަމަވާ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ.
މާލޭގެ އެންމެ އަގުބޮޑު އަދި އެންމެ އެދެވޭ އެއް ސަރަހައްދު ކަމަށްވާ ކުރީގެ ނާދީ ބިމުގައި ހުރި ލަގްޒެރާ ފަރުމާކޮށްފައިވަނީ ސިޓީގެ ހަލަބޮލިކަމާ ގާތް، ނަމަވެސް އަމިއްލަ ދިރިއުޅުމުގެ ހަމަޖެހުން ލިބޭނެ ފަދަ ތަފާތު މާހައުލެއްގަ އެވެ. މިއީ މާލޭގެ ވިޔަފާރި މަރުކަޒާ ކައިރި، އެހެނަސް އާންމު ހަލަބޮލިކަމާ ދުރުގައި އޮތް އަމާން މަންޒިލެކެވެ.
ދިގު މުއްދަތުގެ އިންވެސްޓްމަންޓްތަކަށް ބަލާއިރު، ރާއްޖޭގެ ވެރިރަށް މާލެއަކީ ހާއްސަ ފުރުސަތުތަކެއް އޮތް ތަނެކެވެ. ރާއްޖޭގެ ސިޔާސީ، އިގްތިސާދީ އަދި ވިޔަފާރީގެ މައި ހަބަކީ މާލެ ކަމަށްވެފައި، ބިމުގެ ދަތިކަން އިންތިހާއަށް އޮތުމުން، މާލޭގެ މައި ސަރަހައްދުތަކުން ފެންވަރު ރަނގަޅު ދިރިއުޅުމުގެ ފުރުސަތުތަކަށް އޮންނަ ޑިމާންޑް އަބަދު ވެސް އޮންނަނީ މަތީގަ އެވެ.
ލަގްޒެރާ ފަރުމާކޮށްފައިވަނީ ހަމައެކަނި އެޕާޓްމަންޓުތައް ވިއްކުމުގެ މަގްސަދުގައެއް ނޫނެވެ. އެއީ ގިނަ ދުވަހަށް ދެމިހުންނާނެ، ފެންވަރު ރަނގަޅު ތަނެކެވެ. މިތަނުގެ އެޕާޓްމަންޓްތަކަކީ ތަނަވަސް، ބެލްކަނީ ހިމެނޭ އަދި ކަނޑުގެ ހިތްގައިމު މަންޒަރުތައް ފެންނާނެހެން ބޮޑެތި ކުޑަދޮރުތައް ހިމަނައިގެން ފަރުމާކޮށްފައިވާ ތަންތަނެވެ. އެއާކޮންޑިޝަން ކޮށްފައިވާ ކޮޓަރިތަކާއި ޒަމާނީ މޮޑިއުލާ ކިޗަންތަކާ އެކު، ކޮންމެ ތަނަކީ ވެސް ފަސޭހަ އަދި ޝަރަފުވެރި ދިރިއުޅުމެއް ތަޖުރިބާކޮށްލެވޭނެ ތަނެކެވެ.
މި އިމާރާތުގައި ހިމެނޭ ވަސީލަތްތަކަކީ ޒަމާނީ ދިރިއުޅުމަކަށް ބޭނުންވާނެ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ގާއިމުކޮށްފައިވާ ވަސީލަތްތަކެވެ. އެގޮތުން، އިމާރާތުގެ ފުރާޅުމަތީގައިވާ އިންފިނިޓީ ވިއު ޕޫލަކީ މުޅި މާލޭގެ މަންޒަރު ފެންނާނެ ހިތްގައިމު ތަނެކެވެ. މީގެ އިތުރުން، ޒަމާނީ ފިޓްނަސް ސެންޓަރަކާއި ކުޑަކުދިން ކުޅޭނެ ސަރަހައްދުތަކާ އަދި ރައްކާތެރި ބޭސްމަންޓް ޕާކިން ހިމެނެ އެވެ.
ލަގްޒެރާގެ އެންމެ ހާއްސަ ސިފައަކީ އެ ތަނުން ލިބެން ހުރި ޔުނިޓްތަކުގެ އަދަދު މަދުވުމެވެ. ބޭނުންވާ މިންވަރަށް ވުރެ ތަންތަން މަދު މި މާކެޓުގައި، މާލޭގެ މައި ސަރަހައްދަކުން މިފަދަ ފެންވަރު ރަނގަޅު ބިނާއަކުން ފުރުސަތެއް ލިބުމަކީ ވަރަށް ނާދިރު ކަމެކެވެ.
އެހެންކަމުން، އިންވެސްޓްމަންޓުން ލިބޭ މާލީ މަންފާގެ އިތުރުން، ދިރިއުޅުމުގެ ފެންވަރާއި ޝަރަފަށް އިސްކަންދޭ ފަރާތްތަކަށް ލަގްޒެރާއަކީ ދޫކޮށްލެވޭ ވަރަށްވުރެ ރަނގަޅު ފުރުސަތެކެވެ.
ލަގްޒެރާ: އިންވެސްޓަރުން އިސްކަންދޭ ކަންތައްތަކަށް ފުރިހަމަ ހައްލެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ