އިންސާފުވެރިކަން އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު ނޫސްވެރިކަމަށް މަގުފަހިވާނެ ފަދަ މާހައުލެއް ގާއިމުކުރުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވާ ސޯޝިއަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަމުންދާއިރު، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައާއި، ކޮރަޕްޝަން ނައްތާލުމުގައާއި، އަދި ހާއްސަކޮށް ޑިމޮކްރަސީއެއްގެ އުސޫލުތައް ދެމެހެއްޓުމުގައި މިނިވަން ނޫސްވެރިކަމުގެ މުހިންމުކަން ހަނދާން ކުރަން ޖެހޭކަމަށެވެ.
އެކަމަނާ ވިދާޅުވީ މިއަދަކީ ނޫސްވެރިންނާއި މިނިވަން ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކާމެދު ވިސްނާލަންޖެހޭ ދުވަހެއްކަމަށެވެ. ނޫސްވެރިކަމުގެ އަސާސީ އުސޫލުތައް ކަމުގައިވާ، ތެދު މައުލޫމާތު ހޯދުމާއި، މައުލޫމާތު ފެތުރުމުގައި ސައްހަކަން ކަށަވަރުކުރުމާއި، އަދި ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަން އިސްކުރުމުގެ މައްޗަށް ބިނާވެފައިވާ ޒިންމާދާރު ނޫސްވެރިކަމަކަށް މަގުފަހިވާނެ ފަދަ މާހައުލެއް ގާއިމުކުރުން މުހިއްމުކަމަށް ވިދާޅުވިއެވެ.
ފަސްޓު ލޭޑީ ސާޖިދާ މުހައްމަދު ވަނީ މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، ކަންކަމުގެ ހަގީގަތް ހާމަކޮށްދިނުމަށާއި، އަދި ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ވަރުބަލިކަމެއްނެތި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ދުނިޔޭގެ މިނިވަން ނޫސްވެރިކަމުގެ ދުވަހުގެ ތަހުނިޔާ ފޮނުވާފައެވެ.
ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 3 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ މިނިވަން މީޑިއާއެއް އޮތުމުގެ މުހިންމުކަން ބަޔާންކޮށްދިނުމަށާއި ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލައި މައުލޫމާތު ލިބިގަތުމުގެ ހައްޤުގެ މުހިންމުކަން ބަޔާންކޮށް އެކަމަށް ހޭލުންތެރިކުރުމަށެވެ.
"އިސްކަންދޭންވީ ޒިންމާދާރު ނޫސްވެރިކަމަށް، ގާއިމުކުރަންވީ އެފަދަ މާހައުލެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ