ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރަނީ މުހިންމު ދައުރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ 9ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަގުތުން ދުރަށް ދެއްކުމާއި މަޖިލީހުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގައި ޕީއެސްއެމް ނިއުސްއިން ޚާއްސަ ސަމާލުކަމެއް ދޭކަމަށެވެ. އެކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު ދެމެހެއްޓުމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށެވެ.
އެމަނިކުފާނުވަނީ ޕީއެސްއެމް ނިއުސްގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ޕީއެސްއެމްގެ ހިންގުންތެރި ވެރިންނަށާއި ހީވާގި މުވައްޒަފުންނަށް އަރިސްކުރައްވާފައެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ ބްރޯޑްކާސްޓިން ކުންފުނި، މިހާރުގެ ނަމުންނަމަ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ދަށުން "ޕީއެސްއެމް ނިއުސް" އުފައްދާ، ޚިދުމަތް ދޭން ފެށީ 2017 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހުއެވެ. މިއީ ޚަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތަކަށް ޚާއްސަކޮށްގެން ރާއްޖޭގައި 24 ގަޑިއިރު ޚިދުމަތްދޭން ފެށި ފުރަތަމަ ޓީވީ ޗެނަލެވެ.
ޕީއެސްއެމް ނިއުސްއަށް މިއަދު 9 އަހަރު މިއަދު ފުރިގެންދާއިރު، ނިއުސްޓީމުން އަންނަނީ ރާއްޖެއާއި ބޭރު ދުނިޔެއިން ފާހަގަކޮށްލެވޭ މުހިންމު ޚަބަރުތަކާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދެމުންނެވެ. މި މަސައްކަތާއެކު ފާއިތުވި މުއްދަތުގެ ތެރޭގައި ޕީއެސްއެމް ނިއުސްއިން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދާފައެވެ.
"ޑިމޮކްރެޓިކް ނިޒާމުގައި ޕީއެސްއެމް ނިއުސްއިން އަދާކުރަނީ މުހިންމު ދައުރެއް"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ