އަންނަ މަހު ފެންބިލުން 30 ޕަސެންޓް، އަދި ކަރަންޓް ބިލުން 40 ޕަސެންޓު ޑިސްކައުންޓު!

ކޮވިޑުގެ މިހާލަތުގެ ތެރޭގައި ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުުރުމަށް، ފެން ބިލުންނާއި ކަރަންޓު ބިލުން ކުރިއަށް އޮތް މަހު ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.
ރައީސް ވިދާޅުވީ ފެންބިލުން 30 ޕަސެންޓް ޑިސްކައުންޓް އަދި ވިޔަފާރި ކުރާ ތަންތަނުގެ ފެންބިލުން 20 ޕަސެންޓް ކުޑަކުރަން ނިންމާފައިވާ ކަމަށެވެ. ގޭބެސީތަކުގެ ކަރަންޓް ބިލުން 40 ޕަސެންޓް، އަދި ވިޔަފާރިތަކުން 20 ޕަސެންޓް ކުޑަކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. 
މިރޭ ކުރިޔަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑުގެ ހާލަތު ގޯސްވެ ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކަށް ސަރުކާރުން ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ލޯނު ދޫކުރުމާއި، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ސްޓިމިއުލަސް ލޯންތަކަށް އަންނަ މަހު ހުޅުވާލާނެ ކަމަށެވެ. މި ލޯނަށް ކަނޑައަޅާފައިވާ 375 މިލިއަން ރުފިޔާ ވަރަށް އަވަހަށް ހަމަޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ