"އެފްއޭއެމް ދަރަނި ބޮޑުވާ އެއް ސަބަބަކީ ކަރަންޓް ހަރަދު ބޮޑުވުން"

އެފްއޭއެމްގެ ދަރަނި ބޮޑުވާ އެންމެ ބޮޑު ސަބަބަކީ ކަރަންޓްގެ ޚަރަދު ބޮޑުވުން ކަމަށް އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.
ޓޮމް ވިދާޅުވީ އެފްއޭއެމްގެ ކަރަންޓްގެ ޚަރަދު މިހާރު ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ.
ކަރަންޓް ޚަރަދު ބޮޑުވާން ދިމާވާ ސަބަބެއް ކަމަށް ޓޮމް ވިދާޅުވީ އެފްއޭއެމްގެ އިމާރާތުގެ ތިރީގައި ކުއްޔަށް ދޫކޮށްފައިވާ ފިހާރަތަކުގެވެސް ކަރަންޓާއި އެފްއޭއެމްގެ އިދާރާގެ ކަރަންޓް މިހާތަނަށްވެސް އޮތީ އެއް ކަރަންޓެއްގެ ގޮތުގައި އޮތުން ކަމަށެވެ.
މިކަމަށް ހައްލެއް ހޯދަން ސްޓެލްކޯއާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޓޮމް ވިދާޅުވިއެވެ.
އެފްއޭމްގެ މަރުކަޒީ އިދާރަގެ އިތުރުން، އައްޑޫގައިވެސް އެފްއޭއެމްގެ ސަރހައްދީ އޮފީހެއް ހުރެއެވެ.
އެފްއޭމްގެ މިހާރުގެ ދަރަނި އުޅެނީ 15 މިލިއަން ރުފިޔާއަށް ވުރެވެސް މަތީގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ