ޖުލައި 2018 ގައި ބްރިޖް ހުޅުވާލެވޭނެ - މުއިއްޒު

ޝެޑިއުލާ އެއްގޮތަށް ކުރަމުން އަންނަ މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް ޖުލައި 2018 ގައި ބްރިޖް ހުޅުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ބްރިޖް މަސައްކަތުގައި އުޅުއްވާ އޮފިޝަލަކާ ހަވާލާދީ ބުނީ، މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖްގެ ބިޔަ ތަނބުތައް ޖަހަމުން އަންނަ އިރު، މި ދުވަސްވަރު ކަނޑުގެ ބާނިތައް ބޮޑުވުމާއި އޮއި ގަދަވުމުން ބޮޑެތި
ބްރިޖްގެ ބޮޑެތި ބުޑުތައް އަޅަން ކަނޑު އަޑި އަށް ބިޔަ ހޮޅިތައް ޖަހަނީ ޖަރުމަނުގެ ތަޖުރިބާކާރުންނެވެ. އެކަމަށްޓަކައި ޖަރުމަނުން ހާއްސަ މެޝިންތަކެއް ވެސް ވަނީ ގެނެސްފަ އެވެ.
"ބައެއް ފަހަރަށް 6-7 ނޮޓްސްގައި އޮއި އުޅޭ ކަމަށް ވަނީ. އެހެންވީމަ ހޮޅިއެއް އަޑި އަށް ދާއިރު ވަރަށް އުނދަގޫވާނެ. މިދިޔަ ހަފުތާ ތެރޭގައި ވެސް އެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވި،" އޮފިޝަލް ވިދާޅުވި އެވެ.
ކަނޑު އަޑީގައި ހޮޅިތައް ޖަހަން ފެށުމުގެ ކުރިން ކަނޑުގެ އޮއިވަރު ހުރި މިންވަރާއި ބާނިތަކުގެ އުސްމިން ފަދަ ގިނަ މައުލޫމާތުތަކެއް އެއްކުރެ އެވެ. ކަނޑަށް ޖަހާ ހޮޅީގެ ވަށަމިނުގައި 10 ފޫޓު ހުރެ އެވެ. މިހާތަނަށް ހަތަރު ހޮޅި ވަނީ ޖަހައި ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ