ހަވީރު ނޫހުގެ މައްސަލާގައި ކުރި ހުކުމް ތަންފީޒް ކުރުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި

ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ދެއްކެވި ވާހަކަފުޅަށް ގޮންޖައްސަވައި، ހަވީރު ނޫހާ ގުޅޭ ގޮތުން ސިވިލް ކޯޓުން ކުރި ހުކުމަށް އަމަލު ކުރުމަށް އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
ހަވީރުގެ މައްސަލާގައި ކުރީގެ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ކުރި ހުކުމާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމަށް ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑަރާ ނައިބު ވިދާޅުވި ކަމަށް ބުނާ ބުނުމަކީ ބާތިލު ބުނުމެއް ކަމަށާއި ފިޔަވަޅު އެޅޭނެ ކަމަށާއި ކޯޓްގެ ހުކުމާ އެއްގޮތަށް އަމަލު ކުރަން ސިވިލް ކޯޓުން މިއަދު ވަނީ އަމުރު ކޮށްފައެވެ.
ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ ދަށު ކޯޓުން ނިންމާ ނިންމުމެއް މަތީ މަރުހަލާގެ ކޯޓަކުން ބާތިލްނުކުރާހާ ހިނދަކު އެ ނިންމުމަށް އަމަލު ކުރުމަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާ އިން ހުރިހާ ފަރާތަކަށް ވެސް ލާޒިމްކޮށްފައިވާ ކަމެއް ކަމަށެވެ.
މީގެއިތުރުން ސިވިލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ބުނެފައި އަމުރުގައި ބުނަނީ ސިވިލް ކޯޓްގެ ހުކުމަށް އެ ކޯޓުން ނުވަތަ މަތީ ކޯޓަކުން ބަދަލު ގެނެސް އެ ނޫން ގޮތަކަށް ކަނޑަނާޅާ އޮއްވާ އެ ހުކުމް ރައްދުވާ ފަރާތްތަކާއި ހުރިހާ ވުޒާރާތަކާއި ދައުލަތުގެ ކަންކަމާ ހަވާލުވެ ތިބި އެންމެހާ ފަރާތްތަކުން އެއަށް އަމަލުކޮށް ކިޔަމަން ވާންޖެހޭނެ ކަމަށެވެ. އަދި އެއީ ގޮތަށް އަމަލު ކުރަންޖެހޭނެ ހުކުމެއް ކަމަށް އަމުރު ކުރާ ކަމަށެވެ.
އިއްޔެ އެ ކޯޓުން ހަވީރުގެ މައްސަލާގައި ކުރި ހުކުމާ ގުޅިގެން ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ދައުލަތުގެ ބަންޑާރަ ނައިބު މުހައްމު އަނިލް ވިދާޅުވި ކަމަށް ބުނެ މީޑިއާގައި ޝާއިއު ކުރަމުންދާ ހަވީރުގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރި ނަމަވެސް މިހާރުގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތެރެއިން އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު ނޭޅޭނެ ކަމަށާއި އަދި އެޅޭނެ ފިޔަވަޅެއް ވެސް ނެތް ކަމަށް ބުނާ ބުނުމަކީ ބާތިލު އަދި އެ މައްޗަށް އަމަލު ނުކުރެވޭނެ ޣައިރު ގާނޫނީ ވާހަކައެއް ކަމަށް ސިވިލް ކޯޓުން މިއަދު ނެރުނު އަމުރުގައި ކަނޑައަޅާފައި ވެއެވެ.
ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ ހަވީރު ނޫސް ހިންގައިގެން ލިބެންޖެހޭ ފައިދާގެ މިންވަރު ކަނޑައަޅަން އެ ނޫހުގެ ތިން ހިއްސާދާރަކު ހުށަހެޅި މައްސަލައިގަ އެވެ. ކޯޓުން އަންގާފައިވަނީ އެހެން މީޑިއާއެއްގައި އެ މުވައްޒަފުން އުޅޭ ނަމަ އެކަމަށް ސަރުކާރުން ފިޔަވަޅު ވެސް އަޅަންޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ