އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އަައްސޭރީގައި ހަމަނުޖެހުންތައް ބޮޑުވެ، އިޒްރޭލުގެ ވަޒަންވެރިން ދެ މިސްކިތެއްގައި ހުޅުޖަހައިފި އެވެ. މި އަމަލު ހިންގާފައިވަނީ ހުޅަނގު އަައްސޭރީގައި ހިންގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި ހަ މީހަކު މަރުވެފައި ވަނިކޮށެވެ.
ގުސްރާ އަދި ކޫރު އަވަށުގެ މަސްއޫލުވެރިންނާއި ފަލަސްތީނުގެ އައުގާފު ވުޒާރާއިން ތުހުމަތުކުރާ ގޮތުގައި، އިޒްރޭލުގެ ވަޒަންވެރިން ވަނީ ގުސްރާގައި އިމާރާތްކުރަމުންދިޔަ މިސްކިތެއްގެ އިތުރުން ކޫރު އަވަށުގެ މިސްކިތެއްގައި ރޯކޮށްލައިފަ އެވެ. މި ހަމަލާތަކުގައި މިސްކިތްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާއިރު، ފާރުތަކުގައި "ބަދަލުހިފުން" ފަދަ ނަސްލީ ތަފާތުކުރުމުގެ އިބާރާތްތައް ހިބްރޫ ބަހުން ލިޔެފައިވެ އެވެ.
މި ހަމަނުޖެހުންތައް ބޮޑުވީ ފަލަސްތީނު މީހުންނާއި އިޒްރޭލުގެ ވަޒަންވެރިންނާ ދެމެދު ހިނގި ކުރިމަތިލުމެއްގައި ފަލަސްތީނުގެ ހަތަރު މީހުންނާއި އިޒްރޭލުގެ ދެ މީހުން މަރުވުމާ ގުޅިގެންނެވެ.
އޭގެ ފަހުން އިޒްރޭލު ސިފައިން ވަނީ ނާބުލުސް އާއި ކައިރި އަވަހަށްތަކަށް ވަދެގަނެ، "ޓެރަރިޒަމާ ދެކޮޅަށް" ކަމަށް ބުނެ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަންގެ ދަށުން ހުޅަނގު އަައްސޭރީގެ އެކި ސަރަހައްދުތަކުން ފަލަސްތީނުގެ 130 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޮކްޓޫބަރު 7، 2023 ގައި ޣައްޒާ ހަނގުރާމަ ފެށުނީއްސުރެ ހުޅަނގު އަައްސޭރީގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.
އިރުމަތީ ގުދުސް ނުހިމަނައި، ހުޅަނގު އަައްސޭރީގައި ތިން މިލިއަން ފަލަސްތީނު މީހުން ދިރިއުޅެމުންދާއިރު، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ގާއިމުކޮށްފައިވާ އާބާދީތަކުގައި 500,000 އަށްވުރެ ގިނަ އިޒްރޭލުގެ ވަޒަންވެރިން ދިރިއުޅެ އެވެ.
ހުޅަނގު އައްސޭރީގެ ދެ މިސްކިތެއްގައި ޔަހޫދީ ވަޒަންވެރިން ހުޅުޖަހައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ