މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤުކުރަމުންދާ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާކަމަށް ދެއްކުމަށްޓަކައި ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގެ ތަޙުޤީޤަށް ކުރީގެ ޕީޖީ ގއ. މާމެންދޫ / ރަތްމަސްގެ، މުހުތާޒް މުހުސިން (34އ) އާއި އދ. މާމިގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ، ގއ. މާމެންދޫ، ވީނަސް، އަޙްމަދު ނިހާން (30އ) ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިއްޔެ ދެއްވި ޕްރެސް ސްޓޭޓްމެންޓެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ރިޔާޟް ވިދާޅުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމުގައި ސައްހަ ނޫން މައުލޫމާތު ހިމަނައިގެން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކުރަމުންދާކަމަށް ލިބުނު މައުލޫމާތުގެ މައްޗަށް ފުލުހުން ބެލިބެލުމުން 2016 ފެބްރުއަރީ 07 ވަނަ ދުވަހު ދަންވަރުގެ ވަގުތެއްގައި މާލެއިން ބަޔަކު ރަށަކަށް ގޮސް ދަންވަރު 03:00 ހާއިރު އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓެއް ހުޅުވާ އެކޯޓްގައި މަސައްކަތްކުރަމުންދާ ފަނޑިޔާރަކާއެކު މާލެއިން ދިޔަ މީހުން ކޯޓު އަމުރެއް ނެރުމަށް މަސައްކަތްކޮށްފައިވާކަން ތަޙުޤީޤަށް އެނގިފައިވާކަމަށެވެ.
ކޯޓުގެ ނަމުގައި ނެރެފައިވާ ސައްހަ ނޫން ލިޔުމެއް މާލޭގެ މަގެއްގެ މަތީގައި ބާއްވާ އެލިޔުން ފުލުހުންގެ ބައަކާއި ހަވާލު ކުރުމަށް މަސައްކަތްކޮށް، މައްސަލައަކާއި ގުޅިގެން ފުލުހުން ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް މަސައްކަތްކުރަމުންދާކަން ދައްކުވައިދިނުމަށް މަސައްކަތްކޮށްފައިވެއެވެ.” ސްޓޭޓްމަންޓްގައި ޗީފް އެސްޕީ މުޙައްމަދު ރިޔާޟް ވިދާޅުވިއެވެ.
ޕްރެސް ސްޓޭޓްމަންޓްގައި ޗީފް އެސްޕީ މުޙައްމަދު ރިޔާޟް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމް ފުރުއްވާފައިވާ ގ. ކެނެރީގެ، މުޙައްމަދު ނަޝީދު ސަލާމަތީ ބާރުތަކުގެ އިސް އޮފިސަރަކަށް ފޯނުން ގުޅުއްވައި ރައީސުލް ޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ހައްޔަރުކުރުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވާފައިވާކަމަށެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަޙްޤީޤްކުރަމުންނެވެ.
ޞައްހަނޫން ކޯޓު އަމުރެއް ތައްޔާރުކުރި މައްސަލައިގަ މުހުތާޒް މުހުސިން އާ މާމިގިލީ ގާޒީ ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ