އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފަޅާއަރުވާލި ގާސިމް އަބްދުލްކަރީމް ދޫ ކުރުމުގެ މައްސައްކަތް ކުރަމުންދާ ކަމަށް ކަރެކްޝަނަލް ސާވިސްއިން ވަނީ ބުނެފައެވެ.
ގާސިމް އަށް ވަނީ އަށް މަހާއި 12 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރަން ކަރެކްޝަނަލް ސާވިސްއާއި ހަވާލު ކޮށްފައެވެ.
ގާސިމް ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމަށްވުރެ ގިނަ ދުވަސްވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ހޭދަކޮށްފައެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާސިމް ދޫކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗްގެ ކުރީގެ އެސިސްޓަންޓް މެނޭޖަރު ގާސިމްގެ މައްޗަށް ސާބިތުވީ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ކުށާއި އެމައުލޫމާތު އާންމުކުރުމުގެ ކުށެވެ.
ގާސިމް މިނިވަން ކުރުމުގެ މަސައްކަތް ކުރަމުން އެބަދޭ: ކަރެކްޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ