ޕީޕީއެމްގެ ކަންކަން އިޞްލާޙް ކުރެއްވުމަށް އިޞްލާޙީ އެޖެންޑާއެއް އެކުލަވައިލައްވައި ޕީޕީއެމްގެ އިސްލާޙީ އެޖެންޑާ ފުރިހަމަކުރެއްވުމަށް މެންބަރުންގެ އެހީތެރިކަމަށާއި އެއްބާރުލުން ދިނުމަށް ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.
ރައީސް މައުމޫން މިކަންކަމަށް އެދިވަޑައިގަތީ ދާދި ދެންމެ ޕީޕީއެމްގެ އޮފީހުގައި ދެއްވި ބަޔާނެއްގައެވެ.
ރައީސް މައުމޫން ވިދާޅުވީ "ޕީޕީއެމް އަށް އޮތް ބޮޑު ތާއީދު އަލުން ލިބޭނީވެސް އަދި އަންނަ އަހަރު ބާއްވާ ކައުންސިލުތަކުގެ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކުރެވޭނީވެސް" ޕާޓީތެރޭގައި ހުރި މައްސަލަތައް އިޞްލާޙްކޮށްގެން ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މިފަދަ އެޖެންޑާއެއް އެކުލަވައިލެއްވެވީ ޕީޕީއެމްގައި މިހާރު ހުރި މައްސަލަތައް ޙައްލުކުރެއްވުމަށާއި ޕާޓީގެ ޤަވާއިދުތަކާއި އެއްގޮތަށް ޕާޓީ ހިންގެވުމަށާއި ފުރިހަމަ ޑިމޮކްރަސީގެ އުޞޫލުކަކުން ޕާޓީގެ ކަންކަން ހިންގެވުމަށް މަގުފަހި ކުރެއްވުމަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ޕާޓީގެ ކަންކަމުގައި އެމަނިކުފާނު ދެއްވާ ލަފާފުޅު ޤަބޫލުނުކުރާ މަޖިލިސް މެންބަރުން އެބަތިބި ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ބައެއް ކަންކަން ޚާއްޞަކޮށް ބިޑް ކުރުމަކާއި ނުލައި ރަށްތައް ކުއްޔަށް ދިނުން ފަދަ ކަންކަން މަޖިލީހުން ފާސްކޮށްފައިވަނީ ޤައުމަށް ފައިދާހުރި ގޮތަށް ނޫން ކަމަށެވެ. އަދި ޕާޓީގެ ޤަވާއިދުތަކާއި ވެސް ޚިލާފަށް ކަމަށެވެ.
ރައީސް މައުމޫން ވަނީ ޕީޕީއެމް ތެރޭގައި ގިނަ މައްސަލަތަކެއް އެބަހުރިކަން ފާހަގަކުރައްވައިފައެވެ. އަދި އެ މައްސަލަތައް ހައްލުކުރައްވަން މިހައިތަނަށް އެމަނިކުފާނު ކުރެއްވެވި މަސައްކަތްޕުޅުތައް ފެއިލްވެފައިވާކަންވެސް ހާމަކުރައްވާފައެވެ.
ޕީޕީއެމްގެ އިސްލާޙީ އެޖެންޑާ ފުރިހަމަކުރުމަށް މެންބަރުންގެ އެހީތެރިކަމަށް ރައީސް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ