ބެޑްމިންޓަންގެ ސެޓުތައް ކުޅޭ ސްކޯރިން ސިސްޓަމް، 15 ޕޮއިންޓަށް ބަދަލުކުރަން، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ މެމްބަރުން ފާސްކުރި ގަވާއިދާ އެއްގޮތަށް ރާއްޖޭގައި ރަސްމީކޮށް ކުޅުނު ފުރަތަަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕުން ވެސް މީގެއިން އަންނާނެ ބަދަލުތައް އެނގިގެން ގޮސްފި ކަމަށް ސިންގަލްސްގެ އަންހެން ޗެމްޕިއަންކަން ހޯދި، ފާތިމަތު ނަބާހާ (ނަބާ) ބުނެފި އެވެ.
ނަބާ ވަނީ މި ފަަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދުމުގެ އިތުރުން، އަންހެން ޑަަބަލްސްގެ ތަށި ވެސް ހޯދައިފަ އެވެ. އެކަމަކު، މިކްސް ޑަބަލްސް ފައިނަލުގައި ވަނީ ބަލިވެފަ އެވެ.
"ނަބާ ޓާގެޓްކުރީ ތިން ގޯލްޑަށް، އެކަމަކު ކަން ދިމާކުރި ގޮތުން ތިން ގޯލްޑެއް ނުލިބުނު. އެކަމަކު ވެސް ވަރަށް ހިތްހަމަޖެހޭ ތިން އަހަރު ފަހުން ބޭއްވި ލޯކަލް މުބާރާތުގައި މި ރިޒަލްޓް ވެސް ލިބުނީތީ،" މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އިންޓަވިއުގައި ނަބާ ބުންޏެވެ.
މިއަދު ނިމުނު ބެޑްމިންޓަން އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން، ރިވައިވަލް ސްޕޯޓްސް ކްލަަބްގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ހޯދިއިރު، މިކްސް ޑަބަލްސް ޗެމްޕިއަންކަން، އައިމިނަތު ނަބީހާ އާއި ނިބާލް އަހުމަދު ވަނީ ހޯދައިފައި.
ބެޑްމިންޓަންގެ ސްކޯރިން ސިސްޓަމް، ސެޓެއް 15 ޕޮއިންޓަށް ބަދަލުކުރަން، ބީޑަބްލިއުއެފްގެ މެމްބަރުން ފާސްކުރި ގަވާއިދާ އެއްގޮތަށް ބެޑްމިންޓަން ދުނިޔޭގެ ފެޑެރޭޝަނުން ރަސްމީކޮށް، މި ގަވާއިދަށް އަމަލުކުރަން ފަށަނީ އަންނަ އަހަރު ޖެނުއަރީ ހަތަރަކުން ފެށިގެންނެވެ. އެކަމަކު، ރާއްޖޭން އޭގެ ހަތް މަސް ކުރިން މި ވަނީ އެ ގަވާއިދާ އެއްގޮތަށް މުބާރާތްތަކުގައި މަސައްކަތް ކުރަން ފަށައިފަ އެވެ.
"ނަބާ ބުނާނީ އަސްލު ރަނގަޅޭ، އަހަރެމެން އާންމުކޮށް ކުޅޭ މީހުންނާ އެއްކޮށް މި ސްކޯރިން ސިސްޓަމްގައި ކުޅެލީމަ، އިނގޭ މީހުންނާ އެކު ކުޅުނީމަ ވެސް އެނގޭ ވަރަށް ބޮޑު ތަފާތެއް އެބަ އާދޭކަން 15 ޕޮއިންޓަށް ކުުޅުނީމަ، އެހެންޏާމުން ގޭމް އަނބުރާ ގޮތާއި ސްޓްރެޓިޖީސްއާ އެއްޗެހި ބަދަލުވެ، މީހާ ލާންޖެހޭ އެފަޓާ އެއްޗެހި ވެސް ބަދަލުވެފައި މި އޮތީ، އަސްލު ތެދަށް ބުނަންޏާ ވަރަށް ބޮޑު ޑިފަރަންސެއް އާދޭ،" ނަބާ ބުންޏެވެ.
"ދެން، ނަބާ އާއި ނަބީ އަށް (ސިންގަލްސްގެ) ފައިނަލާ ހަމައަށް އައިއިރު ވެސް އެހާ ބޮޑު ކޮމްޕެޓިޝަނަކާ އެއްކޮށެއް ނޫން އައީ، އެހެންވެ، އޭތި އެކްސްޕީރިއަންސް ކޮށްލަން އެހާ ބޮޑަށް ނުއެއް ލިބުނު އެކަމަކު، ފައިނަލުގައި މިކްސް ޑަބަލްސް އާއި ސިންގަލްސްއާ ކުޅުނުއިރު، އެ އިންނަ ތަފާތު ހަމަ ފީލްވޭ،"
ގައުމީ ބެޑްމިންޓަން ޓީމާއި ރިވައިވަލް ސްޕޯޓްސް އަށް ކުޅެމުން އަންނަ ނަބާ އަކީ ބައިނަލްއަގުވާމީީ ލެވަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިއެެކެވެ. ރިވައިވަލް އިން މިހާރު ތައްޔާރުވަނީ، އަންނަ މަހު އޮތް ޔޫރަޕް ޓުއާ އަށެވެ.
"ދެން، ނަބާ މެން ޕްލޭނަކަށް އިނީ ޖޫންގައި އޮތް ޔޫރަޕް ޓުއާ، އަދި އަލަށް މި ދަނީ ޔޫރަޕްގެ އެ ހިސާބުގަނޑުގައި، ޔޫރަޕްގެ ކުޅުންތެރިންނާ އެކު ކުޅެލަން ފުރުސަތު މި ލިބެނީ އަލަށް. ދެން، ބެޑްމިންޓަނަކީ އެކި ހިސާބުތަކުގެ މީހުން އެކި ވަރަށް، ތަފާތު ގޮތްގޮތަށް ކުޅޭ ބައެއް އެހެންވީމަ ޔޫރަޕްގެ ބަޔަކާ އެކު ކުޅެލާފައި އެ މީހުން ކުޅޭ ގޮތާއި އެ މީހުންނާ އެކު ކުޅެގެން އެ އެކްސްޕީރިއަންސް ލިބޭތީ ހިތްހަމަޖެހޭ އަސްލު،" ނަބާ ބުންޏެވެ.
މިދިޔަ ފެބްރުއަރީ މަހު ރިވައިވަލް އިން ވަނީ އަޒަރުބައިޖާންގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޗެލެންޖު މުބާރާތުގައި ކުޅެފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު ބީޑަބްލިއުއެފް އިން ރާއްޖެ ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަނާ އެއްގޮތަށް އަމަލުކުރަން ފަށައި، މިދިޔަ އަހަރުގެ ޖޫން މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި އޮތް މުބާރާތްތަކުން ރިވައިވަލް ސްޕޯޓްސް ކުޅުންތެރިން ބާކީކުރި އެވެ. އެ ގޮތަށް ބީޑަބްލިއުއެފް އިން ނިންމިއިރު، ރިވައިވަލްގެ ކުޅުންތެރިން ވަނީ ޗެކް ރިޕަބްލިކާއި އިޓަލީ މުބާރާތްތަކުން އެންޓްްރީ ވެސް ހަދައިފަ އެވެ.
ނަބާ ދެކޭގޮތުގައި އާ ސްކޯރިން ސިސްޓަމުން ބޮޑު ބަދަލުތަކެއް އަންނާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ