ރައީސް ޔާމީނުގެ ކެމްޕޭނު އޮފީހުން އިސްނަގައިގެން މާދަމާ ރޭ ހުޅުމާލޭގައި ފަށާ "ފެށުން" ކެންޕޭން ނިންމާނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް "ގޮނޑީގައި ބަންދާފައި" ކަމަށް ކެންޕޭނު އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުޢާޛް ޢަލީ ވިދާޅުވެއްޖެއެވެ.
މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުޢާޛް މިއަދު ވިދާޅުވީ މި ކެންކޭނަކީ "މެޑަމް ފާތުން" އިސްވެ ހުންނަވައިގެން ކުރިއަށް ގެންދަވާ ހަރަކާތްތަކުގެ ތަރެއިން ކުރިއަށް ގެންދަވާ ކެންޕޭނެއް ކަމަށާއި މި ކެންޕޭނު ކުރިއަށް ގެންދަވަނީ 2 ވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކުރަން ބޭނުންވާ ގިނަ ބައަކު އެކަމަށް އެދެމުން ގެންދާތީ ކަމަށެވެ.
"މިކެންޕޭނުގެ ފުރަތަމަ ބައި މިހާރު ވަނީ ނިމިފަ. ކެންޕޭން ލީޑަރުންގެ ގޮތުގަ މަސައްކަތް ކުރާނެ ލީޑަރުން މިހާރު ކޮންމެ ރަށެއްގައިވެސް ތިބޭނެ. މިހާރު މިފަށަނީ ސީދާ "ފެށުން." މި މަސައްކަތް ދެން ހަމަ ދާނީ ބާރަށް ކުރިއަށް. ތަފާތު މަރުހަލާތައް ކުރިއަށްދާނެ. ނިމޭނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ޔާމީނު ދެވަނަ ދައުރަކަށް ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބުކޮށްފަ. މާތްﷲ ވާގިފުޅާއިއެކު."
މުޢާޛް މިއަދުވެސް ވިދާޅުވީ މިކެންޕޭނަކީ ރިޔާސީ ޓިކެޓަށް ބަލައިގެން ކުރިއަށް ގެންދާ ކެންޕޭނެއް ނޫން ކަމަށާއި ރައީސް ޔާމީނު ދެވަަނ ދައުރަކަށް އިންތިޚާބުކުރަން ބޭނުންވާ މީހުންގެ އެދުމަށް "މެޑަމް ފާތުން" އިސްނަަންގަވައިގެން ކުރިއަށް ގެންދަވާ ހަރަކާތްތަކެއް ކަމަށެވެ.
މުޢާޛް ވިދާޅުވީ "ފެށުން" ކެންޕޭން" ވަރަށް ތަފާތު ކަންކަމާއިއެކު ފެށިގެންދާނީ މާދަމާ ރޭ އެމްޕީއެލް ހުލުމާލޭ ސަރަަހައްދުގައި ބާއްވާ ޚާއްޞަ ހަރަކާތްތަކަކުން ކަމަށެވެ. އަދި އެހަރަކާތުގައި ވީހައި ގިނަ ބައަކު ބައިވެރިވެދިނުމަކީ މެޑަމް ފާތުން އާއި ކެންޕޭނު އޮފީހުގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
މާދަމާ ރޭގެ "ފެށުން" ނިންމާނީ 2018 ވަނަ އަހަރުވެސް ރައީސް ޔާމީނު "ގޮނޑީގަ ބައިންދާފަ": މުޢާޛް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ