ސިޔާސީ މަޤާމުގަ އިނާޔަތް ލިބިފަ މަޤާމަކަށް ރައްޔިތުން އިންތިޚާބުކުރީމާ އިނާޔަތް ކަނޑައިލުމަކީ މައްސަލައެއް: މާރިޔާ

ކުރިން ކުރި ޚިދުމަތެއްގެ ސަބަބުން ލިބޭ އިނާޔަތް ސިޔާސީ މަޤާމުތަކުގައި ހުންނަ މީހަކަށް ލިބިފައި މަޤާމަކަށް ރައްޔިތުން އިންތިޚާބު ކުރީމާ ކަނޑައިލުމަކީ މައްސަލައެއް ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ އިނާޔަތެއް ޑަބްލް ވާތީ ކަނޑައިލާނަމަ ހަމަ އެކަނި ރައްޔިތުން މީހަކު މަޤާމަކަށް ހޮވުމުން ކަނޑާލާފަ ސިޔާސީ މަޤާމެއްގައި ހުންނައިރު ދޭނަމަ އެއީ ރައްޔިތުންގެ ޤަދަރު ކުޑަވެގެންދާނެ ކަމެއް ކަމަށެވެ.
މަކުނުދޫ ދާއިރާގެ މެންބަރު އަަނަރާ ނައީމް ވެސް ވިދާޅުވީ ޑަބަލް ޕެންޝަނާއި އިނާޔަތް ލިބުމަކީ މައްސަލައެއް ކަމަށާއި ނަމަވެސް ޑަބަލްވެގެން ހަމައެކަނި ރައްޔިތުން މަޤާމަކަށް މީހަކު ހޮވުމުން އިނާޔަތް ކަނޑައިލުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ނުވަތަ ޕެންޝަން ލިބިވަޑައިގެންފައިވާ ބޭފުޅެއް ނަމަވެސް ނަމަވެސް ޤައުމަށް ޣައްދާރުވެއްޖެ ނަމަ އިނާޔަތް ކަނޑައިލަން ޖެހޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޤާމަކަށް އައްޔަނު ކުރުމުން އިނާޔަތްތައް ކަނޑައިލުމަކީ ޤަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ.
ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވިދާޅުވަމުން ގެންދެވީ ޤައުމަށް ޣައްދާރު ވެއްޖެ ނަމަ އެއްވެސް އިނާޔަތެއް ދީގެން ނުވާނެ ކަމަށެވެ. އަދި ޑަބަލްކޮށް ޕެންޝަނާއި އިނާޔަތް ދިނުން ހުއްޓައިލަންޖެހޭނެ ކަމަށެވެ.
މިބިލަކީ ސަރުކާރުން ހުށަހެޅުއްވި ބިލެއް ކަމަށާއި ބިލު ހުށަހަޅުއްވާފައިވަނީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންނަށް އަމާޒުކުރައްވައިގެން ކަމަށް އިދިކޮޅު މެންބަރުން ތުހުމަތު ކުރެއްވުމުން މަޖިލީހުގެ ރިޔާސަތުން ވަނީ އެކަން ދޮގު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް ވިދާޅުވީ ސިފައިންގެ ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލަކީ ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށާއި އެއީ ދިއްދޫ ދާއިރާގެ މެންބަރު (އަބްދުއްލަޠީފް މުޙައްމަދު) ހުށަހެޅުއްވި ބިލެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ