ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ހަރަކާތެއް އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތުގައި ފުލުހުން ވަނީ އެ ރަށްރަށުގެ ފިހާރަތަކަށް ޒިޔާރަތްކޮށް، ވިޔަފާރިވެރިން ކުށްތަކުން ރައްކާތެރިކޮށް ހޭލުންތެރިކުރުވުމަށް ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. މިގޮތުން، ފަހަކަށް އައިސް އިތުރުވަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަށް ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ.
މި ހަރަކާތުގެ ތެރެއިން، ގަން ޕޮލިސް ސްޓޭޝަނުގެ މަސައްކަތްތައް އިތުރަށް ރަނގަޅުކޮށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވިޔަފާރިވެރިންގެ ހިޔާލު ހޯދައި، ދިމާވާ ދަތިތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. މިއީ އައްޑޫ ސިޓީގައި ކުށް މަދުކޮށް، ވިޔަފާރިވެރިންނަށް އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމުގެ ހަރަކާތެއް އައްޑޫގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ