ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަނީ ފޭރިގަނެފައެވެ.
ފުލުހުން ބުނިގޮތުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު މިރޭ 12:45 ހާއިރު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައެވެ.
އަދި މޫނު ނިވާކޮށްގެން ތިބި ބަޔަކު މިރޭ 12:45 ހާއިރު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށްފަހު ގިނަ އަދަދެއްގެ ފައިސާތަކެއް ފޭރިގެންފައިވާކަން ފުލުހުން ވަނީ ބުނެފައެވެ.
ނަމަވެސް ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވެސްޓާން ޔޫނިއަންގެ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ