ނަމާދު ވަގުތުތަކާއި ދިމާކޮށް ސުކޫލްތަކުން އިމްތިޙާންތައް ބާއްވަމުންދާތީ ނަމާދު ކުރުމުގައި ދަރިވަރުންނަށް ދަތިތަކާއި ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ ނަމާދު ވަގުތުތަކާއި ދިމާކޮށް އިމްތިހާނުތައް ނުބޭއްވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސަޢީދު މިރޭ މީޑިޔާތަކަށް ފޮނުވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ނަމާދު ވަގުތާއި ދިމާކޮށް އެއްވެސް ސްކޫލަކުން އިމްތިޚާބުތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ޝަހީމް ވިދާޅުވީ ސުކޫލްތަކުގެ އިމްތިހާންތައް ކުރިއަށްދާއިރު ދަރިވަރުންނަށް ނަމާދު ކުރެވޭނެ ގޮތަށް އިމްތިޚާނުތަކުގެ ގަޑިތައް ހަމަޖައްސަންޖެހޭކަމަށާ އެއާއި ޚިލާފަށް ބައެއް ސުކޫލްތަކުގައި އިމްތިޚާންތައް ކުރިއަށް ގެންދާތީ އެކަމުގެ ޝަކުވާ ދަރިވަރުންގެ ފަރާތުން އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
އެގޮތުން ބައެއް ސުކޫލްތަކުގައި އިރުއޮއްސި 6:00 ޖަހާއިރު އިމްތިޚާނުތައް ކުރިއަށް ގެންދާތީ އެކަމާއި ގުޅިގެން ބައެއް ޝަކުވާތައް ލިބިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަމާދު ވަގުތު ނުގެއްލޭގޮތަށް އިމްތިޚާނުގެ ގަޑިތައް ހަމަޖައްސަން ހުރިހާ ސުކޫލްތަކަށް އިލްތިމާސްކުރާކަމަށެވެ.
ނަމާދު ވަގުތުތަކުގައި ސްކޫލް ޓެސްޓްތައް ނުބާއްވަން އިލްތިމާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ