ޕީޕީއެމުން އުމަރު ނަސީރު ވަކިކުރުމަށް އަލީވަހީދު ގޮވާލައްވައިފި

ޕީޕީއެމުގެ ރިޔާސީ ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތި ލެއްވި އެޕާޓީގެ ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ޕީޕީއެމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ނާއިބު ރައީސް ތޮއްޑޫ ދާއިރާގެ މެމްބަރ އަލީވަހީދު މިއަދު ގޮވާލައްވައިފިއެވެ.
މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ވަގުތުން ވަގުތަށް އުމަރު ނަސީރު ވަކިކުރުމަށް ގޮވާލައްވާކަމަށާއި އެހެން އެކަންނުކޮށްފި ނަމަ އިތުރު މައްސަލަތައް ކުރިމަތިވާނެކަމަށެވެ.
"އުމަރު ނަސީރު އެއްލާފައިވާ ހުދުވާ ވަނީ ޕީޕީއެމުގެ ބުރަފަތީގައި އޮޅިފައި. އަވަހަށް އެވާ ކަނޑާލައި. އެހެން ނޫނީ ކަށި ޖަހާނެ،" އުމަރު ނަސީރާއެކު ޑީއާރްޕީގެ ނާއިބު ލީޑަރު ކަމަށް އިންތިހާބުވެވަޑައިގެންނެވި، އަލީ ވަހީދު ވިދާޅުވިއެވެ.
އުމަރު ނަސީރު ވަކިކުރުމަށް އަލީ ވަހީދު ގޮވާލެއްވިއިރު، އުމަރު ނަސީރު ރޭ ބޭއްވި ޖަލްސާގައި އުމަރު ވަނީ އޭނާގެ ވާދަވެރިޔާ އަދި ރިޔާސީ ޓިކެޓް ހޯއްދެވި އަބުދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޕީޕީއެމުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވަނިކޮށެވެ.
މިއަދުގެ ޖަލްސާގައި އަލީ ވަހީދު ވިދާޅުވީ ގައުމު ހަލާކުގެ ތެރެއަށް ވައްޓާލަނީ އުމަރާއި އަދާލަތު ޕާޓީގެ ރައީސް ޝޭހް އިމްރާނާއި ގައުމީ އިއްތިހާދު ތަރުޖަމާނު އައްބާސް އާދިލް ރިޒާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ