ޑްރަގް ކޯޓުން ދެމީހަކު މިނިވަންކޮށްފި

މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ފަރުވާގެ ޕްރޮގްރާމްގައި ހުރި ދެ މީހަކު މިނިވަން ކުރުމަށް ޑްރަގް ކޯޓުން ހުކުމްކޮށްފިއެވެ.
އެއްވެސް ޝަރުތަކާ ނުލާ ޑްރަގް ކޯޓުން ދެމީހުން މިނިވަން ކުރުމަށް ހުކުމްކުރީ ނެޝަނަލް ޑްރަގް އެޖެންސީގެ ކޮމިއުނިޓީ ސާވިސް ސެންޓަރުން ހިންގި ހަމަސް ދުވަހުގެ ކޮމިއުނިޓީ ރިހިބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމުންނެވެ.
ޑްރަގް ކޯޓުން މިދެމީހުން މިނިވަން ކުރުމަށް ހުކުމްކުރީ މީގެ ކުރިން އެމީހުންގެ މައްޗަށް ކޮށްފައިވާ ދެ ހުކުމެއް ބާތިލްވެސް ކުރުމަށްފަހުއެވެ.
މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުން ޑްރަގް ކޯޓުން މިހާތަނަށް ޖުމްލަ ފަސް މީހަކު ވަނީ މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ