އިންޑިއާގެ ތައުލީމީ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައި ޒުވާނުން ކުރަމުންދާ އިހުތިޖާޖުތަކަށް ތާއީދުކޮށް، މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު 26 ދުވަހަށްފަހު ނިންމާލައިފިއެވެ.
ސޯނަމް ސަރގެ ނަމުން މަޝްހޫރުވެފައިވާ އުމުރުން 59 އަހަރުގެ މި އެކްޓިވިސްޓް ބަނޑުހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލީ ސަރުކާރާއެކު ކުރެވުނު ދިގު މަޝްވަރާތަކަކަށްފަހު، ޝަރުތުތަކެއްގެ މަތިންނެވެ.
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
އެކްސްގައި ކުރި ޕޯސްޓެއްގައި ވަންގްޗުކް ބުނެފައިވަނީ ހަޅުތާލު ނިންމާލަން ނިންމީ ގައުމުގައި ހިނގައިފާނެ ހަމަނުޖެހުމަކުން ސަލާމަތްވުމަށްޓަކައި ކަމަށެވެ.
އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާއަށް ގޮވާލައި ކޮކްރޯޗް ޖަންތާ ޕާޓީން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް ވަންގްޗުކް ފެށި މި ހަޅުތާލުގައި އޭނާގެ ބަރުދަނުން 11 ކިލޯ ލުއިވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުލުހުން ވަނީ ދިއްލީގައި މުޒާހަރާ ކުރަމުންދިޔަ ތަނުން އޭނާ ގަދަކަމުން ނެރެގެން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އިންޑިއާގެ އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި ވަންގްޗުކް ހަޅުތާލު ނިންމާލީ ޖަންތަރް މަންތަރްގައި މުޒާހަރާކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމުންނެވެ. އޭނާ ހޮސްޕިޓަލުގައި އޮތްއިރު އިންޑިއާގެ ސްޓޭޓް މިނިސްޓަރުންނާއި ހެލްތު މިނިސްޓަރު ވަނީ އޭނާގެ ގާތަށް ޒިޔާރަތް ކުރައްވާފަ އެވެ.
ވަންގްޗުކްގެ މި ނިންމުމާ ގުޅިގެން ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ އަބީޖީތު ދިޕްކޭ ބުނީ، 26 ދުވަހަށްފަހު ވަންގްޗުކް ހަޅުތާލު ނިންމާލުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ގޮވާލައި ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުތައް ކުރިއަށްދާނެ ކަމަށް އޭނާ ބުންޏެވެ.
ކޮކްރޯޗް ޖަންތާ ޕާޓީއަކީ މިހާރު އިންޑިއާގައި އެންމެ ފާހަގަކޮށްލެވޭ ޒުވާނުންގެ ހަރަކާތެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރާ ދެކޮޅަށް ފެށިފައިވާ އެންމެ ބޮޑު އެއް އިހުތިޖާޖު ކަމަށް ބެލެވެއެވެ.
މި ހަރަކާތް ފުރަތަމަ ފެށުނީ މެއި މަހުގެ ތެރޭގައި ސޯޝަލް މީޑިއާގައި ހިންގި މަޖާ ހަރަކާތެއްގެ ގޮތުގަ އެވެ. އެއީ އިންޑިއާގެ މުހިންމު އިމްތިހާންތަކުގެ ކަރުދާސްތައް ލީކުވުމާއި އެ ނޫންވެސް ބައެއް މައްސަލަތަކާ ގުޅިގެން ފެށުނު ހަރަކާތެކެވެ. އަމިއްލައަށް ކޮކްރޯޗް ނުވަތަ ކުރަފީގެ ނަމުން ނަންދީފައިވާ މި ޒުވާނުން މުޒާހަރާ ކުރާތާ މިހާރު މަހެއްހާ ދުވަސް ވެއްޖެ އެވެ. އެމީހުން ބުނަމުންދަނީ ޑޮކްޓަރުކަން ކިޔަވަން ބޭނުންވާ ކުދިންނަށް ބާއްވާ މުހިންމު އިންތިހާނެއްގެ ކަރުދާސް ލީކުވުމުގެ ޒިންމާ އެޑިއުކޭޝަން މިނިސްޓަރު އުފުއްލަވައި، މަގާމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ