ޑރ އަފްރާޝީމް އަލީ ފުރުއްވި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑި އެގޮނޑި ކުރިން ނިސްބަތްވި ޕާޓީ (ޕީޕީއެމް) އަށާއި ޑރ އަފްރާޝީމް އަލީގެ ޢާއިލާއަށް ހޯދައި ދޭންޖެހޭކަމަށް ހޯމްމިނިސްޓަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމިއްޔާތަކާ ބެހޭ ބައްދަލުވުމަކަށް ރ އަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވައި ޖަމީލް ވިދާޅުވީ ޑރ އަފްރާޝީމްގެ އާއިލާއަށާއި އެގޮނޑި ނިސްބަތްވާ ޕާޓީއަށް ހޯދައި ދިނުމަށް އެދާއިރާގެ ރައްޔިތުން ވިސްނަންޖެހޭކަމުގައެވެ. އަދި އެއީ އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަސްއޫލިއްޔަތެއްކަމަށްވެސް ހޯމްމިނިސްޓަރ ވިދާޅުވިއެވެ.
އަދި އަފްރާޝީމް ފުރުއްވި ގޮނޑިއަށް އެމްޑީޕީން ވާދަކުރާތީ ޖަމީލް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވިއެވެ.
އަދި ޑރ އަފްރާޝީމްގެ މަރާއި ގުޅޭގޮތުން އެމްޑީޕީން ސުވާލު އުފެދޭގޮތަށް ވާހަކަތައް ދައްކަމުން ގެންދާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށާއި ތަހުގީގަށް ހުރަސްއެޅޭ ކަންކަން ކުރުން ހުއްޓާލުމަށް ޖަމީލު ގޮވައިލެއްވިއެވެ.
ޑރ އަފްރާޝީމް ދުނިޔޭގައި ހުންނެވިއިރު އެންމެ ބޮޑަށް ފާޑުކިޔައި މަލާމާތްކޮށްފައި ވަނީ އެމްޑީޕީން ކަމަށްވިދާޅުވެ ޑރ ޖަމީލްވަނީ އެމްޑީޕީއާއި އަފްރާޝީމްގެ މަރާއި ގުޅުމެއްހުރިކަމަށް ދޭހަވާގޮތަށް ވާހަކަ ދައްކަވާފައެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ދިނުމަށް ހޯމް މިނިސްޓަރ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ