އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު

އުއްތަމަ ފަނޑިޔާރު ކަމަށް އިންތިޤާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު އައްޔަން ކުރަން ޖުޑީޝަލް ސާރވިސަސް ކޮމިޝަން ޖޭއެސްސީއިން ދެންމެ ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަދި އިންތިޤާލީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި އަބްދުﷲ ސައީދު ހަމަޖެއްސުމަށް ޖޭއެސްސީއިން ދެންމެ ފާސްކުރީ، ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީޤް ކުރެއްވުމަ ގުޅިގެން، އެ ކޯޓުގެ ބެންޗުން ވަކި ކުރުމަށް ޖޭއެސްސީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދެ ފަނޑިޔާރުންގެ ތެރޭގައި، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ހިމެނި، ފާއިޒްއާއި، މަޖިލީހަށް ނަން ހުށަހެޅުނު ދެވަނަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާން ސުޕްރީމް ކޯޓުގެ ބެންޗުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރުމާ ގުޅިގެންނެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން، މިރޭ ރައްޔިތުންގެ މަޖިލީހުން ވަނީ، އުއްތަމަ ފަނޑިޔާރުކަމަށް ޖޭއެސްސީއިން ހުށަހަޅާ ބޭފުޅަކަށް މަޖިލީހުގެ ރުހުން ދިނުމުގެ ގޮތުން މިރޭ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ