ފޯލްޑް 8 ސީރީޒް، ފްލިޕް 8، ވޮޗް 9 އަދި އޭއިއައި ގްލާސަސް ތަޢާރަފްކޮށްފި
ސެމްސަންގް ގެލެކްސީ ފޯލްޑް 8 ސީރީޒް، ފްލިޕް 8، ވޮޗް 9 އަދި އޭއައި ގްލާސަސް ތައާރަފްކޮށްފިއެވެ. މި އުފެއްދުންތައް ތަޢާރަފްކޮށްފައިވަނީ ސެމްސަންގް އިން 22 ޖުލައި 2026 ގައި ލަންޑަންގައި ބޭއްވި 'ގެލެކްސީ އަންޕެކްޑް 2026' އިވެންޓުގައެވެ. މި އަހަރުގެ އިވެންޓުގެ އެންމެ ބޮޑު ޚާއްސާކަމަކީ ފޯލްޑަބަލް ފޯނުތަކުގެ ލައިންއަޕަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކާއި، އަލަށް ތަޢާރަފްކުރި އޭއައި ޓެކްނޮލޮޖީ އެކުލެވޭ އުފެއްދުންތަކެވެ. މި އިވެންޓުގައި ސެމްސަންގެ އަލަތު ފްލެގްޝިޕް ބުކް-ސްޓައިލް ފޯލްޑަބަލް ފޯނު، "ގެލެކްސީ ޒެޑް ފޯލްޑް 8 އަލްޓްރާ" ވަނީ ދައްކާލާފައެވެ. 8 އިންޗީގެ ފޯލްޑަބަލް ޑިސްޕްލޭއަކާއި 6.5 އިންޗީގެ ކަވާ ޑިސްޕްލޭއެއް ހިމެނޭ މި ފޯނުގައި ބޭނުންކޮށްފައިވަނީ ސްނެޕްޑްރެގަން 8 އެލީޓް ޖެން 5 ޕްރޮސެސަރެވެ. މިއީ 200 މެގަޕިކްސެލްގެ މައި ކެމެރާއަކާއި، 50 މެގަޕިކްސެލްގެ އަލްޓްރާ ވައިޑް އަދި 3x ޒޫމް ހިމެނޭ 10 މެގަޕިކްސެލްގެ ޓެލިފޮޓޯ ކެމެރާއެއް އެކުލެވޭ ފޯނެކެވެ. މީގެއިތުރުން ސިލިކޮން-ކާބަން ބެޓެރީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ 5000 މިލިއޭމްޕަވަރުގެ ބެޓެރީއަކީ ފޯލްޑް ސީރީޒްގައި މިހާތަނަށް ބޭނުންކުރި އެންމެ ބޮޑު ބެޓެރީއެވެ. ހުޅުވާލުމުން އެންމެ 4.1 މިލިމީޓަރުގެ ތުނިމިނެއް ހުންނަ، ބަރުދަނުގައި 215 ގްރާމް ހުންނަ މި ފޯނުގެ އަގު އެމެރިކާގައި އުޅެނީ 2,099 ޑޮލަރުގައެވެ. އަދި އިންޑިއާގައި މި ފޯނު ލިބެން ހުންނާނީ 1,99,999 ރުޕީސްއަށެވެ. ⁸ ސެމްސަންގް އިން ވަނީ ފުރަތަމަ ފަހަރަށް "ގެލެކްސީ ގްލާސަސް" ގެ ނަމުގައި އޭއައި ސްމާޓް އައިނެއް ތަޢާރަފްކޮށްފައި ---- މީގެއިތުރުން، އާންމު ސްމާޓްފޯނެއް ފަދައިން ބޭނުންކުރަން ފަސޭހަވާނެހެން ފުޅާ ކަވާ ސްކްރީނަކާއެކު "ގެލެކްސީ ޒެޑް ފޯލްޑް 8" ވެސް ވަނީ ތަޢާރަފްކޮށްފައެވެ. 7.6 އިންޗީގެ އެތެރޭ ޑިސްޕްލޭއަކާއި 5.5 އިންޗީގެ ކަވާ ޑިސްޕްލޭއެއް ހިމެނޭ މި ފޯނުގައި 4800 މިލިއޭމްޕަވަރުގެ ބެޓެރީއަކާއި ދެ 50 މެގަޕިކްސެލްގެ ކެމެރާ ހިމެނެއެވެ. 201 ގްރާމްގެ ބަރުދަނާއެކު މިއީ މިހާތަނަށް އެންމެ ލުއި ފޯލްޑް މޮޑެލްއެވެ. އަދި އަލަށް ބޭނުންކުރި ފްލެކްސް ޓައިޓޭނިއަމް ޑިސްޕްލޭ ޓެކްނޮލޮޖީގެ ސަބަބުން ފޯނު ލައްޕާފައި ހުންނަ ތަން ވަރަށް ކުޑަކޮށް މަންޒަރު ސާފުކޮށް ފެންނަން ހުންނައިރު، އިރުގެ އަލީގައި ވެސް ސްކްރީން ފެންނަލެއް ސާފުވާނެއެވެ. މި ފޯނުގެ އަގު ފެށެނީ 1,900 ޑޮލަރާއެކުގައެވެ. ކްލެމްޝެލް ޑިޒައިނަށް ތައްޔާރުކޮށްފައިވާ "ގެލެކްސީ ޒެޑް ފްލިޕް 8" ވެސް އިތުރަށް ފުރިހަމަކޮށް މި އިވެންޓުގައި ވަނީ ދައްކާލާފައެވެ. ހުޅުވާލުމުން 6.1 މިލިމީޓަރުގެ ތުނިމިނެއް ހުންނަ، ބަރުދަނުގައި 180 ގްރާމް ހުންނަ މި ފޯނުގައި "ޕްރޯ ވިޝުއަލް އެންޖިން" އާއެކު 50 މެގަޕިކްސެލްގެ މައި ކެމެރާއެއް ހިމެނެއެވެ. މީގެއިތުރުން ފްލެކްސް ވިންޑޯ ކަވާ ސްކްރީން މެދުވެރިކޮށް ސީދާ ކުއިކް ސެޓިންގްސް، ނޮޓިފިކޭޝަންސް އަދި އެޕް ޑްރޯވާ ބޭނުންކުރެވޭނެ ގޮތް ވަނީ ހަދާފައެވެ. ސްމާޓްވޮޗް ލައިންއަޕުން ސްނެޕްޑްރެގަން ވެއާ އެލީޓް ޕްލެޓްފޯމްގައި ހިންގާ "ގެލެކްސީ ވޮޗް 9" އަދި "ވޮޗް އަލްޓްރާ 2" ވަނީ ދައްކާލާފައެވެ. މީގެތެރެއިން 699 ޑޮލަރަށް ލިބޭ ވޮޗް އަލްޓްރާ 2 ގައި 800 މިލިއޭމްޕަވަރުގެ ބެޓެރީއެއް ހިމެނޭއިރު، އެއް ޗާޖުން 60 ގަޑިއިރު ބޭނުންކުރެވޭނެއެވެ. 5000 ނިޓްސްގެ ބްރައިޓްނެސްއާއެކު އައިޕީ69ކޭ، 10އޭޓީއެމް އަދި އީއެން13319 ސަޓިފިކޭޝަން ލިބިފައިވާ މި ގަޑިއަކީ ޑައިވިންގ އަށް ވެސް ބޭނުންކުރެވޭނެ ގަޑިއެކެވެ. އަދި 379 ޑޮލަރަށް ފެށޭ ވޮޗް 9 ގައި 390 މިލިއޭމްޕަވަރުގެ ބެޓެރީއަކާއި، 3000 ނިޓްސްގެ ޑިސްޕްލޭއެއް ހިމެނޭއިރު، މިއީ ހާޓް ހެލްތު ސްކޯ އަދި ސްލީޕް އެޕްނިއާ ދެނެގަނެވޭ ފީޗާތައް ހިމެނޭ ގަޑިއެކެވެ. މީގެއިތުރުން އެފްޑީއޭ އިން ހުއްދަދީފައިވާ ހަމައެކަނި ސްމާޓް ރިންގުގެ ގޮތުގައި ގެލެކްސީ ރިންގް ވެސް ވަނީ ފާހަގަކޮށްފައެވެ. ގޫގުލް، ޖެންޓްލް މޮންސްޓަރ އަދި އޯބީ ޕާކަރު އާ ގުޅިގެން ސެމްސަންގް އިން ވަނީ ފުރަތަމަ ފަހަރަށް "ގެލެކްސީ ގްލާސަސް" ގެ ނަމުގައި އޭއައި ސްމާޓް އައިނެއް ތަޢާރަފްކޮށްފައެވެ. އެންޑްރޮއިޑް އެކްސްއާރު ޕްލެޓްފޯމް، ޖެމިނައި އޭއައި އަދި ސްނެޕްޑްރެގަން އޭއާރު1 ޖެން 1 ޗިޕް ބޭނުންކުރާ މި އައިނަކީ ޑިސްޕްލޭއެއް ނެތް، ކެމެރާ، އަޑު އަދި އިޝާރާތުން ކޮންޓްރޯލް ކުރެވޭ އޭއައި-ފަސްޓް ވެއަރަބަލްއެކެވެ. އެއް ޗާޖުން 9 ގަޑިއިރު ބޭނުންކުރެވޭ މި އައިނުގެ ކޭސް މެދުވެރިކޮށް އިތުރު 7 ފަހަރު ޗާޖުކުރެވޭނެއެވެ. ވަގުތުން ތަރުޖަމާކުރުމާއި، ނެވިގޭޝަން އަދި މެސެޖު ފޯރުކޮށްދިނުން ފަދަ ފީޗާތައް ހިމެނޭ މި އައިނު މި އަހަރުގެ ފަހުކޮޅު މާކެޓަށް ނެރޭނެއެވެ. ސޮފްޓްވެއާގެ ބައިން އެންޑްރޮއިޑް 17 އާއެކު ވަނީ "ވަން ޔޫއައި 9" ތަޢާރަފްކޮށްފައެވެ. މީގެ ތެރޭގައި ވީޑިއޯއިން ވަކި މީހަކު ޚާއްސަކޮށް ޓްރެކްކޮށް ކްރޮޕްކޮށްދޭ "މައި ފޭންކޭމް" ފަދަ އޭއައި ފީޗާތައް ހިމެނެއެވެ. މީގެއިތުރުން ކުއިކް ޝެއާ މިހާރު އައިއޯއެސް އަށް ވެސް ބޭނުންކުރެވޭއިރު، ޖެމިނައި ނޯޓްބުކް ފޯނުތަކުގައި ކުރިން ލޯޑްކޮށްފައި ހުންނާނެއެވެ. އަދި އެޕަލް ކާޑާ ވާދަކުރުމުގެ ގޮތުން ސެމްސަންގެ އަމިއްލަ "ގެލެކްސީ ކާޑު" ވެސް ވަނީ އިޢުލާންކޮށްފައެވެ. މި އިވެންޓުގައި ތަޢާރަފްކުރި ހުރިހާ ފޯނެއް މިހާރު ޕްރީ-އޯޑަރަށް ހުޅުވާލެވިފައިވާއިރު، އޯގަސްޓް 7 އިން ފެށިގެން މި އުފެއްދުންތައް ބާޒާރުން ލިބެން ހުންނާނެ ކަމަށް ސެމްސަންގް އިން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ