މޮރޮކޯގެ ބުއާދީގެ އަގު 100 މިލިއަން ޑޮލަރަށް ބޮޑު ކުރުމުން ބިޑް ކުރާނެ ޓީމެއް ނުވި

ޕެރިސް (ޖުލައި 24) - މޮރޮކޯ އަށް މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި މިޑްފީލްޑަރު، އައްޔޫބް ބުއާދީގެ އަގުބޮޑުކުރަން އޭނާ ކުޅެމުން އަންނަ ކްލަބް، ފްރާންސްގެ ލިލް އިން ނިންމުމުން، އެއްވެސް ކްލަބެއްގެ ބިޑެއް ނުލިބޭ ކަމަށް އެ ކްލަބްގެ އޮފިޝަލަކާ ހަވާލާދީ ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 
ފްރާންސްގެ ފަސް އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެ، 20 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި 18 އަހަރުގެ ބުއާދީ ވަނީ މޮރޮކޯގެ ފުރަތަމަ އެގާރައިގައި ހިމެނިގެން، ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަައިފަ އެވެ. 
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
MU STORE
MU STORE
އެ ގޮތުން، ބުއާދީ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީ އާއި ސައުދީ ޕްރޯ ލީގު އަދި އިޓާލިއަން ލީގުގެ ކްލަބްތަކުގެ އޮފާ ލިބެން ފެށި އެވެ. އެއާ އެކު، ލިލް އިން ނިންމީ ބުއާދީ ވިއްކާ އަގުބޮޑުކުރުމަށެވެ. ލިލްގެ ބޯޑުން ނިންމީ ބުއާދީ ވިއްކާނެ އެންމެ ކުޑަ އަގެއްގެ ގޮތުގައި، 100 މިލިއަން ޑޮލަރު ކަނޑައަޅައިފަ އެވެ. 
އެކަމަކު. ފްރާންސްގެ ލަ ޕެރީސިއަންގެ ނޫސްވެރިންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ލިލްގެ މެނޭޖްމަންޓުގެ މި ނިންމުމަށް ފަހު، ބުއާދީ އަށް އެއްވެސް ކްލަބެއްގެ އޮފާއެއް ލިބިފައިނުވެ އެެވެ. އެއާ އެކު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބުއާދީ އެހެން ކްލަބަކަށް ބަަދަލުވުމުގެ ފުރުސަތެއް އޮތީ، ލިލް އިން އޭނާ ވިއްކަން ކިޔާ އަގު ކުޑަކޮށްފިނަމަ އެވެ. 
ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕާއި މި ފަހަރު އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގައި ވެސް މޮރޮކޯ ކަޓާފައިވަނީ ފްރާންސް އަތުންނެވެ. މީގެ ހަތަރު އަހަރު ކުރިން، ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވި މޮރޮކޯ މި ފަހަރުގެ މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ފްރާންސް އަތުން ބަލިވެގެންނެވެ. 
މީގެ ތިން އަހަރު ކުރިން، އުމުރުން 16 އަހަރާއި ތިން ދުވަސް ވެފައި ވަނިކޮށް، ލިލް ސީނިއާ ޓީމަށް ކުޅެފައިވާ ބުއާދީ،  މި ވަގުތު އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރީ 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަދާފައިވާ ކޮންޓްރެކްޓެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ