އޮސްލޯ، ނޯވޭ (ޖުލައި 24) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެެރެއިން، އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ނުފޫޒު ފީފާ އަށް ފޯރާފައިވާ ކަމަށް ބުނެ، ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަން (އެންއެފްއެފް) އިން ރަސްމީކޮށް އެ މައްސަލަ ފީފާގެ އެތިކްސް ކޮމިޓީ އަށް ހުށަހަޅަން ނިންމައިފި އެވެ.
ނޯވޭ އިން ހުށަހަޅަން ނިންމާފައިވަނީ، ވޯލްޑް ކަޕްގައި އެމެރިކާގެ ރައީސް ޓްރަމްޕް އާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ފޯނުކޯލަކަށް ފަހު، އެމެރިކާގެ ފޯވާޑް، ފަލޮރިން ބަލޮގަންގެ ރަތް ކާޑުގެ ސަސްޕެންޝަނަށް ލުޔެއް ދީ އޭނާ އަށް ކުރިއަށް އޮތް މެޗު ކުޅެވުނު ނިންމުމާ މެދު އޮތް ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ.
MU STORE
MU STORE
Yes Maldives Pvt Ltd
Enterprise Development Industrial Pvt Ltd
ގަދަ 32 ޓީމު ބުރުގެ މެޗުގައި ބޮސްނިއާއާ ދެކޮޅަށް ކުޅެނިކޮށް ބަލޮގަން އަށް ދެއްކި ރަތް ކާޑަށް ފަހު، އޭނާ އަށް ގަދަ 16 ބުރުގެ މެޗު ގެއްލޭނެ ކަމަށް ބެލެވުނެވެ. އެކަމަކު، އެ މެޗަށް 48 ގަޑިއިރަށް ވުރެން ކުޑަތަންވެފައި އޮއްވައި، ފީފާ އިން ނިންމީ ބަލޮގަންގެ ރަތް ކާޑަށް ލުޔެއްދީ، ބެލްޖިއަމާ ދެކޮޅަށް ގަދަ 16 ބުރުގެ މެޗު ކުޅެވޭނެ ކަމަށެވެ.
ވޯލްޑް ކަޕްގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެމެރިކާގެ ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލަ ބަލަން ފީފާގައި އެދިވަޑައިގަތީ އޭނާ ކަމަށް ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ. ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ބަލޮގަންގެ ސަސްޕެންޝަން ފަސްކޮށްދިނުމާ ގުޅިގެން، ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައި.
ނޯވޭގެ ފުޓްބޯޅަ ރައީސް، ލީސް ކްލަވެނެސް ވިދާޅުވީ، ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ މުޅި ފުޓްބޯޅައިގެ މަސްލަހަތަށްޓަކައި، އެމެރިކާގެ ރައީސް، ޓްރަމްޕްގެ ނުފޫޒު ފީފާ އަށް މި ވޯލްޑް ކަޕްގެ ތެރޭގައި ފޯރާފައިވާ މިންވަރު ދެނެގަތުމަށްޓަކަ އެވެ.
"ބައެއް ކަހަލަ ނިންމުންތައް އަންނަ ގޮތެއްގެ ސަބަބުން، މުޅި ފުޓްބޯޅައާ މެދު މީހުން ދެކޭ ގޮތް ބަދަލުވޭ. އެ ހުށަހެޅެނީ މުޅި ފުޓްބޯޅައިގެ އިންސާފު ނުރައްކަލެއްގެ ތެރެއަށް، ފުޓްބޯޅައިގެ ނަން މި ގޮތަށް ހަރާބުވާކަށެއް ދުލެއް ނުކޮށްލެވޭނެ،" ކްލަވެނެސް ވިދާޅުވީ އެވެ.
"ފީފާ އިން ގަބޫލު ކުރަން އެބަޖެހޭ ކުށެއް ކުރެވިއްޖިއްޔާ، އެ ކުރެވުނީ ކުށެއްކަން، އެކަން ފޮރުވަން އުޅެގެން އިތުރަށް އެ ހަލާކުކޮށްލެވެނީ ފުޓްބޯޅައިގެ ލީޑަޝިޕް ތެރޭގައި އޮތް ހަމަހަމަ ކަމުގެ އަސާސްތައް،"
މީގެ ކުރިން ވެސް ނޯވޭގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފީފާ އެތިކްސް ކޮމިޓީ އަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެއީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ފީފާ ވޯލްޑް ކަޕްގެ ގުރުއަތުލުމުގެ ރަސްމިއްޔާތުގެ ތެެރެއިން، ފީފާ އިން ފުރަތަމަ ފަހަރަށް ދިން ޕީސް ޕްރައިސް އެވޯޑް، ޓްރަމްޕް އަށް ދޭން ފީފާ އިން ނިންމާފައިވަނީ ކޮން އުސޫލުތަކެއްގެ މައްޗަށް ބަލާފައިތޯ ކަށަވަރުކުރުމަށެވެ.
ނޯވޭ އިން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކޮށްފައިވަނީ، 28 އަހަރަށް ފަހު އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި ބްރެޒިލް ކަޓުވާލުމަށް ފަހު، ކުއާޓާ އަށް ދަތުރުކުރި، ނޯވޭ އެ ބުރުން ކެޓީ އިންގްލެންޑް އަތުން ބަލިވުމުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި 48 ގައުމު ވާދަކޮށްފައިވާއިރު، ދެން އޮތް ވޯލްޑް ކަޕެއްގައި 64 ގައުމު ކުޅޭނެ ކަމުގެ ވާހަކަ އަންނަނީ ދެކެވެމުންނެވެ. ކްލެވެނެސް ވިދާޅުވީ، މި ފަދަ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނީ ފީފާގެ މެމްބަރު ގައުމުތަކާއި ފެޑެރޭޝަންތަކާއި އެކި ލީގުތަކާ އެކު މަޝްވަރާ ކުރެވިގެން ކަމަށެެވެ.
ނޯވޭ އިން ޓްރަމްޕްގެ ނުފޫޒުގެ މައްސަލަ ފީފާ އަށް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ