ކުރިއަށް ދެ ދުވަހުވެސް ރާއްޖެެއަށް މޫސުން ގޯސް

ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) ބުނެފި އެވެ.
ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެ އެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުމަށް ބަލާ އިރު ބޮޑަށް ވިއްސާރަކުރާނީ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ ވިލާގަނޑުގައި 35 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އާދައިގެ ވަރަކަށް ކަނޑު ގަދަ ވާނެ ކަމަށާއި އަދި އެހެން ސަރަހައްދުތަކަށް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށީގެންވެ އެވެ. އަދި ދެކުނުގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.
ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުރުން އެކަށީގެންވާ ކަމަށާއި ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދޭނެ އެ އިދާރާ އިން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ