ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް ކުރެވޭ ބައެއް ތުހުމަތުތަކާ ގުޅޭގޮތުން "ވިރާސީ" ނޫހުގައި ޝާއިއުކުރި ހަބަރެއްގެ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ކޮންޓްރޯލް ކޮމިޝަން) އިން ބަލަން ފަށައިފި އެވެ.
އެ ކޮމިޝަނުން ބަލަމުން ދަނީ "ރައީސަށް އަމާޒުވި 'މުޑުދާރު' ތުހުމަތަށް ދެ ހަފްތާ - މުޅި ގައުމު ހަނު؟" ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރެއްގެ މައްސަލަ އެވެ. އެ ހަބަރަކީ އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު މުއިއްޒުގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭގޮތުން ލިޔެފައިވާ ހަބަރެކެވެ.
އެ ހަބަރުގެ މައްސަލަ ބަލަނީ އޭގެ ކޮންޓެންޓުގައި ނޫސްވެރިންގެ ސުލޫކީ މިންގަނޑާ ހިލާފު ބައެއް ވާހަކަ ހުރި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށް "ވިރާސީ" އަށް ފޮނުވި ސިޓީއެއްގައި އެ ކޮމިޝަނުން ބުނެފައިވެ އެވެ.
މި މައްސަލާގައި ލިޔުމުން ޖަވާބުދާރީވުމުގެ ފުރުސަތު އެ ނޫހަށް ވަނީ ދީފަ އެވެ. އަދި ޖަވާބުދާރީނުވާ ހާލަތެއްގައި ތަހުގީގަށް ލިބިފައިވާ ލިޔުންތަކަށް ބަލައި މައްސަލަ ނިންމާނެ ކަމަށް ކޮންޓްރޯލް ކޮމިޝަނުން ބުނެފައިވެ އެވެ.
އެ ޑޮކިއުމެންޓްރީގެ މައްސަލާގައި އަދަދުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އަންނަނީ ސިއްރު ޝަރީއަތެއް ހިންގަމުންނެވެ. އޭގެ އިތުރުން އަދަދުގެ ދެ ނޫސްވެރިން ކަމަށްވާ ލީވާން އަލީ ނާސިރު އާއި ޝަހުޒާން ވެސް ޖަލު ހުކުމް އިއްވި އެވެ.
މުއިއްޒުއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން "ވިރާސީ"ގައި ޝާއިއުކުރި ހަބަރެއްގެ މައްސަލަ ކޮންޓްރޯލް ކޮމިޝަނުން ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ