ފީއަލީގައި ވޯޓުލުން މެދުކަނޑާލައިފި

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ފ. ފީއަލީގައި ބެހެއްޓި ވޯޓު ފޮށި ވޯޓުލާ މަރުކަޒުން ނެރެގެން ބަޔަކު ގެންދިއުމާ ގުޅިގެން، އެ ރަށުގައި ވޯޓުލުން މެދުކަނޑާލައިފި އެވެ.
ތަފްސީލް - ވޯޓުފޮށި ހުރި ސަރަހައްދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި އަތުލައިގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ.
މައްސަލަ ދިމާވީ، ފީއަލީގައި ގެންގުޅުނު ވޯޓާސް ލިސްޓު، އެމްޑީޕީ އިން އާންމުކޮށްފައިވާ ލިސްޓާ ދިމާނުވާ ކަމަށް ބުނެ ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.
އެ ޝަކުވާ ހުށަހެޅީ ކެންޑިޑޭޓު މީކާއިލް ނަސީމްގެ ފަރާތުންނެވެ.
މިއާއެކު އެ ރަށުގައި ވޯޓުލުން މިވަގުތު އޮތީ މެދުކަނޑާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ