މިއަދު ކުރިއަށްދާ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު ކުރިއަށްދަނިކޮށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް ގަސަމް ވޯޓްލާ މަރުކަޒަކަށްވަދެ، އޮފިޝަލެއްގެ އަތުން ވޯޓް ކަރުދާސްތަކެއް އަތުލައިގެން ވޯޓްލާ މަރުކަޒުން ނިކުތުމުން މަސްރަހު ހޫނުވެ ވޯޓްލުން މެދުކެނޑިއްޖެއެވެ.
މަންޒަރުދުއް އެމްޑީޕީ މެންބަރަކު "ދިޔަރެސް" އަށް މައުލޫމާތު ދެމުން ބުނީ މާލޭގައި ހުރި ގދ.އަތޮޅު މީހުންގެ ދެނަމްބަރު ވޯޓް ފޮށީގެ ވޯޓްލުން ކުރިއަށް ދަނިކޮށް ގަސަމް ވޯޓްލާ މަރުކަޒަށް ވަދެ ވޯޓްގެ ކަންކަން ކުރިއަށް ގެންދާ އޮފިޝަލް ބަދަލުކޮށް އެހެން އޮފިޝަލަކާއި ހަވާލު ކުރުމުގެ ތެރޭގައި ކުރިން އިން އޮފިޝަލްގެ އަތުގައި ހުރި ވޯޓް ކަރުދާސްތައް އަތުލައި، އެތަނުން 6 ކަރުދާސް ހިފައިގެން ވޯޓްލާ މަރުކަޒުން ނިކުމެގެން ދިޔައީ ކަމަށެވެ.
"ވޯޓްގެ ކަންކަން ކުރިއަށް ގެންދާ އޮފިޝަލަކު ބަދަލުކުރުމުގެ ނަމުގައި ގަސަމް ވަދެ އާއޮފިޝަލަކާއި ހަވާލުކޮށްފައި ކުރިން އިން އޮފިޝަލްގެ އަތުން 6 ކަރުދާސް ހިފައިގެން ނައްޓާލީ. ބޮޑަށް ބެލެވެނީ އެއީ ވަގު ވޯޓްތަކެއް އަޅަންވެގެން ކުރި ކަމެއްހެން. 6 ކަރުދާސް ނެގީ ފަހުން ޓެލީ ދިމާނުވާނެތީ." ވޯޓްލާ މަރުކަޒުގައި ހުރި އެމްޑީޕީގެ މެންބަރަކު ބުންޏެވެ.
ގަސަމް އަކީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއީލް ނަސީމްގެ އިތުބާރު ފެކްޝަންގެ ބޭފުޅެކެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ވެރިކަމުގައި ގަސަމް ވަނީ ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުކަން ކޮށްފައެވެ.
އިތުބާރު ފެކްޝަންގެ ގަސަމް ވޯޓް ކަރުދާސްތަކެއް ގެންދިއުމުން ހޫނުވެ، ވޯޓްލުން ހުއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ