އުތުގެ ރަށްތަކަށް މޫސުން ގޯސް!

ރާއްޖޭގެ އެންމެ އުތުރުގެ ރަށްތަކަށް މޫސުން ގޯސް ކަމަށް މޯލްޑިވްސް މީޓްރިއޮލޮކަލް ސަރވިސް (މެޓް) އޮފީހުން ބުނެފިއެވެ.
މެޓުން ބުނީ ރާއްޖޭގެ އުތުރުގެ ހއ. އަތޮޅާއި ބ. އަތޮޅާ ދެމެދަށް ވައިޓް އެލާޓު ނެރެފައިވާ ކަމަށެވެ. އެއީ ހެނދުނު 08:00 އިން 13:00 ގެ ނިލަޔަށެވެ.
މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ރާއްޖޭގެ އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި  ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ. 
 
 
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ