ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ 'ދިރާގު އީދު ބޮނޑިބަތް' ހަރަކާތް މި އަހަރު ވެސް ބާއްވަން ތައްޔާރުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މި އަހަރު އީދު ބޮނޑިބަތް ބަހާނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގައި އަދި އެޗުޑީސީއާ ގުޅިގެން ހުޅުމާލޭގަ އެވެ.
ތަފްސީލް - މި ހަރަކާތް ކުރިއަށްދާނީ އަންނަ ބުދަ ދުވަހު ފާހަގަކުރާ އީދު ދުވަހުގެ ހެނދުނު 7ގައި އޮންނަ އީދު ނަމާދަށް ފަހު:
ކިންގް ސަލްމާން މިސްކިތް ސަރަހައްދު، މާލެ
ސިންތެޓިކް ޓްރެކް، ހުޅުމާލެ ފޭސް 1
މިއީ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދެމުން އަންނަ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، ބޮޑު އީދުގެ އުފަލުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ދިރާގުން ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ފާހަގަކޮށްލެވޭ - ދިރާގުން އަންނަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި ދިވެހިންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ދިރާގުން ބޮޑު އީދަށް ބޮނޑިބަތް ބަހާނީ މާލެ އާއި ހުޅުމާލޭގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ