މާލެއިން ތޮއްޑޫއަށް ދަތުރުކުރި ލޯންޗެއް ދިޔަވެ، މީހުން ސަލާމަތްކޮށްފި

މާލެއިން އއ. ތޮއްޑޫއަށް ދަތުރު ކުރި ލޯންޗެއް ދިޔަވެ އަޑިއަށްދާތީ އޭގައި ތިބި މީހުން ސަލާމަަތްކޮށްފި އެވެ. 
މެރިން ޕޮލިސްގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދު ހަވީރު 5:30 ހާއިރު މާލެއިން ތޮއްޑޫއަށް ދަތުރުކުރަމުންދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށެވެ. 
އެހެންވެ، އޭގައި ދަތުރުކުރި 25 މީހުން ވެސް ރައްކާތެރިކަމާ އެކު މާލެއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި ކުޑަ ކުދިން ވެސް ހިމެނެ އެވެ. 
މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ދަތުރުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. 
މިއަދުގެ މެންދުރުފަހުން ފެށިގެން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވެސް ވަނީ ލަފާކޮށްފަ އެވެ. 
The most trusted news source in the Maldives
ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ވ. އަތޮޅާ ހަމައަށް މެންދުރު 12:00 އިން ފެށިގެން އިރުއޮއްސި 6:00 އާ ހަމައަށް އޮތީ ވައިޓް އެލާޓް ވެސް ނެރެފަ އެވެ. 
މި ދުވަސްވަރަކީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރުކުރާ ދުވަސްވަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ