އުރީދޫން އީދަށް އޮފާތަކެއް: ޑޭޓާ ޝެއާކޮށްގެން އިތުރު އަދި ހިލޭ ޑޭޓާ

ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު އޮފާތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
ވީ ކިހިނެއް؟ - ބޮޑެތި ޑޭޓާ ޕެކްތަކާއި ވެލިޔު ޝެއާ ޕެކްތަކުން ފެށިގެން މަގޭ ޕްލޭންތަކަށް ލިބޭ އިތުރު ބޯނަސްތަކާ އެކު، މި އީދު އޮފާތައް ފަރުމާކޮށްފައި ވަނީ، ކޮންމެ މީހަކަށް ވެސް ގުޅުން ބަދަހިކޮށް، މަޖާކޮށް، ޝެއާކޮށް އަދި ހަލުވި ސްޕީޑްގެ ތަޖުރިބާތައް ގެނެސްދިނުމަށެވެ.
އަވަލީ ޑޭޓާ ޕެކް - އެއް ގަޑިއިރަށް 26 ޖީބީ ޑޭޓާ
ބޮޑު އީދުގެ ފޯރިގަދަ ވަގުތުތައް، އާއިލާ އާއި ރައްޓެހިންނަށް ހިއްސާކުރުމަށް 26 ޖީބީ ޑޭޓާ 1 ގަޑިއިރަށް ނެގޭނެ އެވެ. އެންމެ 20ރ.އަށް ނެގޭ މި ޕެކުން، ސޯޝަލް މީޑިއާގައި ވަގުތުން ސްޓްރީމް ކުރުމަށާއި ފޮޓޯ އަދި ވީޑިއޯ ޝެއާ ކުރުމަށް ބޭނުންކުރެވޭނެ އެވެ.
ވެލިއު ޝެއާ ޕެކް - 100 ޖީބީ
ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަ 100 ޖީބީ ޕެކްތަކާ އެކު، މި އީދުގެ އުފާ ހިއްސާކޮށްލާށެވެ. ގާތް މީހުންނާ ހިއްސާ ކުރެވޭ ގޮތަށް އަދި އަމިއްލަ ބޭނުމަށް ވެސް މި ޕެކްތައް ލިބެން ހުންނާނެ އެވެ.
ގާތް މީހުންނަށް ހިއްސާ ކުރެވޭ ޕެކްސް:
100 ޖީބީ 10 ދުވަހަށް - 300ރ.
100 ޖީބީ 5 ދުވަހަށް - 200ރ.
ޖުމްލަ 100 ޖީބީގެ ތެރެއިން، އަމިއްލަ ބޭނުންތަކަށް 40 ޖީބީ އަދި ދެ މީހަކާ ހިއްސާ ކުރުމަށް 60 ޖީބީ ލިބޭނެ އެވެ. ޝެއާކުރާ ޑޭޓާ ބަހާލެވޭނީ 2 ޕްރީޕެއިޑް ނަންބަރަށް، ކޮންމެ މީހަކަށް 30 ޖީބީ އެވެ.
މީގެ އިތުރުން، އަމިއްލަ ބޭނުމަށް ނެގޭ ޕެކްސް:
100 ޖީބީ 5 ދުވަހަށް - 150ރ.
100 ޖީބީ 3 ދުވަހަށް - 100ރ.
ޑޭޓާ ޕެކް ހަދިޔާކޮށްގެން ހިލޭ ޑޭޓާ
އީދުގެ ހަދިޔާއެއްގެ ގޮތުގައި ގާތް މީހުންނަށް ޑޭޓާ ޕެކް ހަދިޔާކޮށްގެން އިތުރު އިނާމުތަކެއް މި އީދުގައި ހޯދޭނެ އެވެ. މިގޮތުން، ހަދިޔާ ކުރާ ކޮންމެ ޑޭޓާ ޕެކަކާ އެކު، ހިލޭ ޑޭޓާ ލިބޭނެ އެވެ. އެގޮތުން:
ފުރަތަމަ ޕެކް ފޮނުވުމުން: 1 ޖީބީ (4 ގަޑިއިރަށް)
ދެވަނަ ޕެކް ފޮނުވުމުން: 10 ޖީބީ (6 ގަޑިއިރަށް)
ތިންވަނަ ޕެކް ފޮނުވުުމުން: 100 ޖީބީ (4 ގަޑިއިރަށް)
ހަތަރުވަނަ ޕެކް ފޮނުވުމުން: 200 ޖީބީ (4 ގަޑިއިރަށް)
މި އޮފާ ފެށޭނީ ބޮޑު އީދު ދުވަހުން ފެށިގެން އީދު ނިމެންދެނެވެ.
މަގޭ ޕްލޭނަށް އީދު ހަދިޔާ
މަގޭ ޕްލޭން އެކްޓިވޭޓް ކުރާ ފަރާތްތަކަށް ހާއްސަ އީދު ހަދިޔާއެއްގެ ގޮތުން އިތުރު %25 ބޯނަސް ޑޭޓާ ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ