ގެއްލިގެން ހޯދާ މީހެއްގެ ހަށިގަނޑުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކެއް ފެނިއްޖެ

ގެއްލިގެން ހޯދާ ބަންގްލަދޭޝް މީހާގެ ކަމަށް ޝައްކު ކުރެވޭ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެއެވެ.މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ށ. ޅައިމަގު ބޯޓެއްގެ ފަޅުވެރިއެއްކަމަށްވާ ބަންގްލަދޭޝްއަށް ނިސްބަތްވާ ލުތުފަރު ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު މިއަދުގެ ވަގުތެއްގައި އޭނާ ގެއްލުނު ކަމަށް ބެލެވޭ ސަރަހައްދުން އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ފެނިފައިވާ ކަމަށް ފުލުހުން ބޫނެއެވެ. ފުލުހުން ވިދާޅުވީ ލުތުފަރު ގެއްލުނު ކަމުގެ ރިޕޯޓް 22 އޭޕްރިލް ވަނަ ދުވަހު އެމުއައްސަސާއަށް ލިބިފައިވާކަމަށާއި އެ ދުވަހުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އޭނާ ހޯދުމުގެ ތެރެއިން އޭނާ ގެއްލުވާލި ކަމުގެ ތުހުމަތުގައި މީގެ ކުރިން ފުލުހުން ވަނީ ދެ ބިދޭސީއަކު ހައްޔަރުކޮށްފައެވެ. އެގޮތުން ފުލުހުން ހައްޔަރު ކޮށްފައިވަނީ ށ. ޅައިމަގު ކުރިމަގު ބޯޓުގައި ލުތުފަރުއާއި އެންމެ ގާތް ދެމީހުންނެވެ. ބަންގްލަދޭޝްގެ މި ދެމީހުންނަކީ އުމުރުން 30 އަހަރާއި 36އަހަރުގެ ދެމީހުން ކަން ފާހަގަކޮށްލެވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ