އެމްއެމްޕީއާރުސީގެ ވައްކަމާއި ގުޅިގެން ހޯދާ ބައެއް މީހުންގެ ރެޑް ނޯޓިސް އުވާލައިފި

ރާއްޖޭގައި ދައުލަތުގެ ތެރެއިން އެތައް ބަޔަކު ގުޅިގެން މިހާތަނަށް ހިންގި އެންމެބޮޑު އެއް ވައްކަންކަމަށްވާ އެމްއެމްޕީއާރްސީގެ ވައްކަމުގެ މައްސަލާގައި ހޯދުމަށް އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރުނު ހަތަރު މީހެއްގެ ރެޑްނޯޓިސް އުވާލައިފިއެވެ.
ދިވެހި ފުލުހުންގެ އެދުމަށް 2016 ވަނަ އަހަރު އިންޓަޕޯލް ރެޑްނޯޓިސް ނެރުނު އާއްމުކޮށްފައިވަނީ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފާއި މ ލޭންޑްއޮފްގާރޑްން، އަހުމަދު އިޝްފާހު އަލީ އާއި ގ. އިވާލި މުހައްމަދު ހުސައިން (އޮއިއްޓޭ)ގެ އިތުރުން އެޗްޑީސީގެ ކުރީގެ ޗެއާމަން މުހައްމަދު އަސީލްގެ މައްޗަށެވެ.
މި މީހުންގެ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާ ގުޅިގެން ކަމަށް އިންޓަޕޯލްގެ ނޯޓިސްގައި ވެއެވެ. ނަމަވެސް އިންޓަޕޯލްގެ ރެޑް ނޯޓިސްއިން މިހާރުވަނީ މި އެންމެންގެ ނަން ނަގާފައެވެ.
މި މީހުންގެ މައްޗަށް ނެރުނު ރެޑް ނޯޓިސް އުވާލި މައްސަލާގައި ސަރުކާރުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ