ރޯދަމަހުގެ 24 ވަނަ ދުވަސް: މޫސުން ގޯސްވެ މާރުކޭޓުގައި ތަކެތީގެ އަގު މައްޗަށް

ރޯދަމަހުގެ 24 އާ ކުރިމަތިލި އިރު މިވަނީ މާރުކޭޓުގައި ތަކެތީގެ އަގުތައް މަތިވާން ފަށާފައެވެ.
މާރުކޭޓުގެ ބައެއް ބާވަތްތަކަށް ބަލާއިރު އިއްޔެ 20ރ އަށް ކިލޯއެއް ލިބުނު ކެރެޓު މިއަދު ލިބެންހުރީ 25ރ އާއި 30ރ އަށެވެ. ކެބެޖް ވެސް އިއްޔެ 35ރ އަށް ކިލޯ ލިބުނު އިރު މިއަދު މިވަނީ 40ރ އަށް ކިލޯއެއްގެ ރޭޓުން އަގު އުފުލިފައެވެ. ކުރުނބާ ވެސް މިއަދު ވަނީ އަގު މަތިވެފައެވެ. މާރުކޭޓުގައި ކުރުނބާއެއް މިއަދު ލިބެން ހުރީ 25ރ އާއި 30ރ އަށެވެ.
ރޯދަމަހު އަގުބޮޑުވެގެން އެވާހަކަ ދެއްކި ކަނޑޫދޫ މިރުސް ވެސް އެއްކޮށްހެން ހުސްވެއްޖެއެވެ. މާރުކޭޓުގައި ކަނޑޫދޫ މިރުސް މިއަދު ފެނުނީ އެންމެ ދެގޮޅިންނެވެ. އަދި މިރުހުގެ ތާޒާކަންވެސް ނެތްކަން ފާހަގަ ކޮށްލެވެއެވެ. ކަނޑޫދޫ މިރުސް ކިލޯއެއް މިއަދު ލިބެން ހުރީ 550ރ އަށެވެ. ނަމަވެސް ކަނޑޫދޫ މިރުުހުގެ ބަދަލުގައި ދިވެހިން ބޭނުން ކުރަންފެށި ޔޫގެންޑާ މިރުސް ތިޔާގިކަން ފާހަގަ ކޮށްލެވެއެވެ.
ޔޫގެންޑާ މިރުސް -- ވަން ފޮޓޯ: މުހައްމަދު އައުޒަމް
މިއަދު މެންދުރު 11:00އާ ހަމައަށް ބާޒާރުގެ އަގުތައް:
1. ކަރާ 20ރ ކިލޯ
2. ލެޓިޔުސް 70ރ ކިލޯ
3. ބޭރު ތޮޅިމިރުސް 70ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 550ރ ކިލޯ
5. ކެރެޓް 25ރ ކިލޯ
6. ކިޔުކަމްބާ 25ރ ކިލޯ
7. ލުނބޯ 30ރ ކިލޯ
8. ކާއްޓެއް 07ރ އާއި 15ރ އާ ދެމެދު
9. ގަބުޅި 20ރ
10. ކުރުނބާ 25ރ ، 30ރ
11. ފާގަ 60ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 40ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 5ރ، 8ރ
މަސް:
1. ލައްޓި 25ރ ކިލޯ
2. ކަންނެލި 40ރ ކިލޯ
3. ބޮޑު ކަންނެލި 50ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 80ރ
7. ދޮން ނޫމަސް 20ރ އަށް 4 މަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ