ބާކައުން ސިލްގެ ހިނގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރީގެ ޕީޖީ މުޢިއްޒު ވާދަކުރައްވަނީ

ބާކައުން ސިލްގެ ހިނގާ ކޮމިޓީގެ މެމްބަރު ކަމަށް ކުރީގެ ޕޮރޮސެކިއުޓަރ ޖެނެރަލް، މަޝްހޫރު ޤާނޫނީ ވަކީލް އަޙްމަދު މުޢިއްޒު ވާދަކުރައްވަން ނިނަމައިފިއެވެ. އޭނާ ކުރައްވައިފައިވާ ޓްވީޓެއްގައި މިކަން ހާމަކުރައްވައި ރާއްޖޭގެ ހުރިހާ ޤާނޫނީ ވަކީލުންގެ  ތާއީދަށް އެދިވަޑައިގެންފައި ވެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެދުނު ބާކައުންސިލްގެ އިންތިޚާބު ބޭއްވުމަށް ހަމަޖައްސަވައިފައިވަނީ މިމަހު 13 ވަނަ ދުވަހުއެވެ. ބާ ކައުންސިލުގެ ނައިބު ރައީސްކަމަށް ކުރީގެ ޕީޖީ މުޢިއްޒުގެ ކޮއްކޮ، ކުރީގެ އެޓާނީޖެނެރަލް ޢަބްދުﷲ މުޢިއްޒު ވެސް ކުރިމަތި ލައްވާނެކަން ވަނީ ހާމަކުރައްވައިފައެވެ.
ބާކައުންސިލްގެ އިންތިޚާބު ގާތްވަމުން އަންނައިރު އެކައުންސިލްގެ ރައީސްކަމުގެ މަގާމަށް މަޝްހޫރު ޤާނޫނީ ކުވަކީލް ކުރީގެ އެޓާނީ ޖެނެރަލް ޙުސްނު ސުޢޫދާއި މައުމޫނު ޙަމީދުވެސް ވާދަކުރައްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.
ބާ ކައުންސިލުގެ ހިންގާ ކޮމިޓީގެ ރައީސްކަމާއި، ނައިބު ރައީސްކަމާއި، މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައި ވަނީ މިމަހު ފުރަތަމަ ދުވަހުން ފެށިގެން ފަސްވަނަ ދުވަސް (މިއަދުގެ ) ހަވީރު 5:00 އާ ހަމައަށެވެ.
ބާ ކައުންސިލްގެ ފުރަތަމަ އިންތިޚާބު ޤާނޫނުގައިވާ ގޮތުން ކުރިއަށް ގެންދަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. ބާ ކައުންސިލުގެ އިންތިޚާބުގައި ވޯޓުލެވޭ ވަކީލުންގެ ލިސްޓު އާންމުކޮށް،ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ.  އިސީ އިން އާންމުކޮށްފައިވާ ވޯޓާރސް ލިސްޓު ދައްކާ ގޮތުން 1487 ވަކީލުންނަށް މި އިންތިޚާބުގައި ވޯޓުލެވޭނެ އެވެ.
ބާ ކައުންސިލް އެކުލެވިގެން ވަނީ، ޤާނޫނީ ވަކީލުންގެ ތެރެއިން އިންޚާބުކުރެވޭ ރައީސަކާއި ނައިބު ރައީސަކާއި ހިންގާ ކޮމިޓީއަށް އިންތިހާބު ކުރެވޭ ހަ ވަކީލުންގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ހިމެނިވަޑައިގަންނަވާ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ