މަޖިލީހުގެ ހުރިހާ ދާއިރާއަކުން ޒުވާނުން އިންތިޚާބުކޮށް، ޒުވާނުންގެ މަޖިލީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަނީ

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ދާއިރާއަކުން ޒުވާނުން އިންތިޚާބުކޮށް، ޒުވާނުންގެ މަޖިލީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ، އަންހެނުންނާއި ޒުވާނުން ވެސް އާބާދީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިއްސާކުރާއިރު، ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ޑިމޮކްރަސީއާއި ގައުމު ހިންގުމަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ދައުލަތުގެ މިނިވަންކަން ދެމެހެއްޓުމަށް އެ މީހުންގެ ބައިވެރިވުން ބޭނުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންވެ، މުސްތަގުބަލުގައި ޒުވާނުންގެ މަޖިލިސް ނުވަތަ ޔޫތު ޕާލިމެންޓް ގާއިމުކުރުން ވަރަށް ޝާމިލު ގޮތެއްގައި ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ދާއިރާތައް ހިމެނޭ ގޮތަށް ޒުވާނުންގެ ތެރެއިން އިންތިޚާބު ކުރެވިގެންދާ، ޒުވާނުން ހިމެނޭ ގޮތަށް ޒުވާނުންގެ މަޖިލީހެއް ގާއިމުކުރުމަށް އަދި ރައްޔިތުންގެ މަޖިލީހުގެ ކޮމްޕޮޒިޝަންގެ ތެރޭގައި ވަކި އިންސައްތައެއް އެއީ ޒުވާނުން ކަމުގައި އަދި ވަކި އިންސައްތައެއް އަންހެނުން ކަމުގައި ކަނޑައެޅުމަށް [މަސައްކަތް ކުރަނީ].ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނު ވިދާޅުވީ އެކަމުގެ ތަފުސީލުތައް ކުރިއަށް އޮތް ތަނުގައި އިއުލާންކުރާނެ ކަމަށެވެ. ނަމަވެސް އެ ބަދަލުތައް ގެނައުމަށް ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ ގައުމުގެ ކަންކަން ނިންމުމުގައި ޒުވާނުންނާއި އަންހެނުންނަށް ދާއިމީ ގޮތެއްގައި ފުރުސަތު ލިބުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސަށް ލަފާ ދޭ ދެ މަޖިލީހެއް ވެސް އުފައްދަވަނީ މީގެ އިތުރުން މިއަދުގެ ޖަލްސާގައި އެ މަނިކުފާނު ވަނީ ރައީސަށް ލަފާ ދޭ ޚާއްސަ މަޝްވަރާ މަޖިލީހަކާއި ރައީސަށް ލަފާ ދޭ ގައުމީ މަޖިލީހެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަން ވެސް ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވި ގޮތުގައި ޚާއްސަ މަޝްވަރާ މަޖިލީހުގައި ހިމެނޭނީ އިސް ރަށްވެހިންގެ ތެރެއިން، ދައުލަތުގެ އިއްޒަތުގެ ޝަރަފާއި މަތިވެރި އިއްޒަތުގެ ޝަރަފާއި ދިގު މުއްދަތުގެ ޝަރަފު ހޯއްދަވައި، އެތައް އަހަރެއްގެ ތަޖުރިބާއިން ގައުމަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންނެވެ. މިނިވަން ދުވަހުގެ ޖަލްސާގެ ތެރެއިން: މަޖިލީހުގެ ހުރިހާ ދާއިރާއަކުން ޒުވާނުން އިންތިޚާބުކޮށް، ޒުވާނުންގެ މަޖިލީހެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް ގައުމީ މަޖިލީހަކީ، ހުރިހާ ފަންނުތަކުން ތައުލީމު ހާސިލުކޮށް، ތަޖުރިބާ ހޯދައިފައިވާ މީހުން ހިމެނޭނެ މަޖިލީހެއް ކަމަށް ރައީސް ވިދާޅުވިއެވެ. "މީގެ ބޭނުމަކީ ގައުމުގެ ކަންކަން ހަރުދަނާ ގޮތުގައި ހިންގުމުގައި، ސަރުކާރުގެ ކަންކަން ރަނގަޅު ގޮތުގައި ގެންދިޔުމުގައި، ގައުމަށް ދިމާވާ ކަންކަމުގައި މަޝްވަރާ ހުށަހެޅުމުގެ ފުރުސަތު ދިނުން،" އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ތިން މަސް ތެރޭ އެ ދެ މަޖިލިސް ވެސް އުފެއްދުން ކަމަށެވެ. https://sun.mv/225020 ޒުވާނުންގެ މަޖިލީހެއް އުފައްދަން ހަމަޖެހިފައިވާކަން މީގެ ކުރިން ވެސް ރައީސް ވިދާޅުވެފައިވީ ނަމަވެސް، އެކަމާ ގުޅޭ ތަފުސީލެއް ދެއްވައިފައި ނުވެއެވެ. މިދިޔަ މާރިޗު މަހު ރައީސް ވަނީ، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމުގެ އިތުރުން، މަޖިލީހުން އަންހެނުންނަށާއި ޒުވާނުންނަށް ވަކި އިންސައްތައެއް ޚާއްސަކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ހާމަކުރައްވައިފައެވެ. ދައުލަތުން ބޮޑު ޚަރަދެއް ކުރާ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާ ތަމްސީލުކުރައްވާ މެންބަރުން މިހާރު ތިއްބަވާއިރު، ގާނޫނުއަސާސީ އޮންނަ ގޮތުން، 5،000 އިން އިތުރުވާ ކޮންމެ އާބާދީއަކަށް މެންބަރަކު އިތުރުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ