ބާސެލޯނާ އަށް ޑި ޔޯންގެ އަނިޔާގެ ކަންކަމުގެ ބަދަލުދޭން ފީފާ އިން އެއްބަސްވެއްޖެ

ޒިއުރިކް، ސްވިޒަލެންޑް (ޖުލައި 26) - މި ފަހަރުގެ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތެެރެއިން އަނިޔާވި ނެދަލެންޑްސް ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު، ފްރެންކީ ޑި ޔޯން އަށް ވި އަނިޔާ ސީރިއަސްވެ، އޭގެ މާލީ ބަދަލެއް އޭނާ ކުޅެމުން އަންނަ ބާސެލޯނާ އަށް ދިނުމަށް ފީފާ އިން އެއްބަސްވެއްޖެ އެވެ. 
ފީފާ ކްލަބް ޕްރޮޓެކްޝަން ސްކީމްގައި ބުނާގޮތުން، އެއްވެސް ކުޅުންތެރިއަކު ގައުމީ ޓީމަށް ކުޅެމުން އަންނަނިކޮށް، އަނިޔާއެއް ދިމާވެ، އެނބުރި ކުޅުމަށް އަންނަ މުއްދަތު 28 ދުވަހަށް ވުރެން އަވަސް ނުވާނަަމަ، އެ ކުޅުންތެރިއަކު އަނިޔާގައި ހުންނަ މުއްދަތަށް ވަކި މިންވަރަކަށް ފީފާ އިން ފައިސާ ދޭނެ އެވެ. 
MU STORE
MU STORE
Enterprise Development Industrial Pvt Ltd
އެ ގޮތުން، ފީފާ އިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، ދުވާލަކަށް ޖެހެނީ، 20،548 ޔޫރޯ އެވެ. އެއީ، ޖުމްލަ އަހަރަކަށް ބަލާނަަމަ، 7.5 މިލިއަން ޔޫރޯ އެވެ. މި ގޮތަށް ކްލަބަކަށް ފީފާ އިން އެންމެ ގިނަ ވެގެން ދޭނީ އެއް އަހަރަށެވެ. 
ވޯލްޑް ކަޕްގެ ގަދަ 32 ޓީމު ކުޅުނު ބުރުގައި މޮރޮކޯއާ ދެކޮޅަށް ނެދަލެންޑްސް ކުޅެގެން ޕެނަލްޓީ ޖަހައިގެން ކެޓިއިރު، އެ މެޗުގައި ޑި ޔޯންގެ ކަކުލަށް ވަނީ އަނިޔާވެފަ އެވެ. ފުރަތަމަ ބެލެވުނީ އަނިޔާގެ ކުޑަ މައްސަލަައެއް ކަމަށެވެ. އެހެން ނަމަވެސް އިތުރު ޓެސްޓްތައް ހެދިއިރު، ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައިވާތީވެ، އަންނަ މަހު ފަށާ ސްޕެނިޝް ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުތައް ވެސް ޑި ޔޯން އަށް ގެއްލޭނެ އެވެ. 
އެއާ އެކު، ޑި ޔޯން އަނިޔާގައި ހުންނަ މުއްދަތު، އެއް މަހަށް ވުރެން އިތުރު ވާތީވެ، ބާސެލޯނާ އިން ފީފާ ކްލަބް ޕްްރޮޓެކްޝަން ސްކީމު މެދުވެރިކޮށް ފައިސާ ހޯދަން އެދުނީ އެވެ. 
ފީފާ އިން މިހާރު ވަނީ، ޑި ޔޯންގެ ކަންކަން ކްލަބް ޕްރޮޓެކްޝަން ސްކީމްގެ ތެރެއިން ބަލާނެކަން ބާސެލޯނާ އަށް އަންގައިފަ އެވެ. 
ކުރިން އަޔަކްސް އަށް ކުޅުނު ޑި ޔޯން އަށް އެންމެ އަވަހަށް ވެސް ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނީ އަންނަ ސެޕްޓެމްބަރު މަހު ތެރޭގައި ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ