ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ދަރިވަރުންގެ ޕެރޭޑް މިއަދު ހަވީރު 4:00 ގައި ފަށާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ކެޑެޓް ކޯޕްސް އިން ބުނެފި އެވެ.
ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލު ކައިރިން ފަށައިގެން މަޖީދީ މަގުން ޕެރޭޑް ކުރިއަށް ގެންދާއިރު ފަސް ތަނަކަށް ހުއްޓާނެ އެވެ. އެއީ މާފަންނު ސަހަރާ ކައިރީގައި ހުންނަ މިލިއަން ބުކްޝޮޕާއި މާވެޔޮ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށާއި ޗާންދަނީ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށާއި އަލިކިލޭގެފާނު މަގާއި މަޖީދީ މަގު ގުޅޭ ކަންމަތި އަދި ސޯސަން މަގާއި މަޖީދީ މަގު ގުޅޭ ކަންމައްޗަށެވެ.
މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ޕެރޭޑުގައި ސްކޫލު ދަރިވަރުންތަކެއް ބައިވެރިވަނީ.--ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
ޕެރޭޑް ނިންމާލަން ހަމަޖައްސާފައި ވަނީ ހެންވޭރު ދަނޑު ކައިރިއަށެވެ.
މި ޕެރޭޑުގައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 13 ސްކޫލަކުން ބައިވެރިވެ އެވެ. ޕެރޭޑުގެ ސީނިއާ ގްރޫޕު ހިރިޔާ ސްކޫލުން ލީޑުކުރާއިރު ޖޫނިއާ ދަރިވަރުންގެ ގްރޫޕު ލީޑުކުރަން ހަމަޖައްސާފައިވަނީ ތާޖުއްދީން ސްކޫލުންނެވެ.
މިނިވަން ދުވަހުގެ ޕެރޭޑް މިއަދު ހަވީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ