މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުޤީޤު ކުރަމުންދާ މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުޤީޤަށް މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
މިމައްސަލައާއި ގުޅިގެން ހޯދަމުންދާ މީހަކީ ގއ. ކަނޑުހުޅުދޫ، ބިއްދޮށުގެ މުޙައްމަދު ޙުސައިން (38އ) އެވެ.
ފުލުހުން ބުނީ ވީމާ މުޙައްމަދު ޙުސައިން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ