ރިސޯޓުތަކަށް ގޮސް އާމްދަނީ ހޯދާ ފަންނުވެރިން ވެކްސިން ޕޯޓަލްގައި ރަޖިސްޓްރީވާން އެދެފި
        ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިނ ވީ އެންމެ އަވަހަކަށް ކޮވިޑް19 ވެކްސިން ޖެހުމަށް އެޗްޕީއޭ އިން ގާއިމުކޮށްފައިވާ ޕޯޓަލްގައި ރަޖިސްޓްރީވުމަށް ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިލްތިމާސްކޮށްފި އެވެ. އެންސީއޭ އިން މިއަދު ބުނީ އެ ސެންޓަރުގެ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަންނާނުންގެ ތެރެއިން ރިސޯޓުތަކަށް ގޮސްގެން އާމްދަނީ ހޯދާ ފަންނުވެރިންނަށް ކޮވިޑް ވެކްސިން ދިނުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން އެ ސެންޓަރުން ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ފަންނުވެރީންގެ ދަފްތަރުގައި މިހާތަނަށް ރަޖިސްޓްރީ ވެފައިނުވާ ފަންނުވެރީން ވީ އެންމެ އަވަސް ފުރުސަތެއްގައި ދަފްތަރުގައި ރަޖިސްޓްރީވުމަށް ވަނީ އެދިފަ އެވެ. ހަމައެއާއެކު ކޮވިޑް ވެކްސިން ޖެހުމަށް https://my.health.mv ގައި ރަޖިސްޓްރީވުމަށް ވެސް ވަނީ އެދިފަ އެވެ. އެންސީއޭ އިން ބުނީ އެ ސެންޓަރުން ގާއިމުކޮށްފައިވާ ފަންނުވެރީންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ މަސައްކަަތް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަައްސާފައިވާ ކަމަށެވެ. ތިރީގައިވާ ދެ ލިންކުން ރަޖިސްޓްރީވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ އެވެ.  bit.ly/NCAArtistRegistration bit.ly/NCAArtistRegDhiv
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
            